އޮންލައިން ޖުވާގެ މަސްތުގައިޖެހި ޢާއިލާތައް ރޫޅި މުޖުތަމަޢަށް ބޮޑު ނުރައްކަލެއް
ރާއްޖޭގައި އޮންލައިން ގޭމިން، ބެޓިންގ އެޕްތައް އާންމުވެ، ޒުވާނުންނާއި އާއިލާތަކުގެ މައިތަނބު (ފިރިން) މި ކަމުގެ މަޅީގައި ޖެހެމުންދާކަމީ، ދިވެހި މުޖުތަމަޢުއަށް ދިމާވަމުންދާ ވަރަށް ނުރައްކާތެރި މައްސަލައެކެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ފައިސާ ހޯދިދާނެކަމަށް ދެކި، އަޖުމަބަލައިލުމުގެ ގޮތުން ނުވަތަ ތިމާގެ ނަސީބު ހުރިގޮތެއް ބަލައިލުމަށްޓަކައި ފަށާ، ފެށުން ދެވި ހިފުމަކަށް ބަދަލުވެގެން ދެއެވެ. ފަސޭހައިން، އަރާމުގައި އިނދެ، ފައިސާ ހޯދުމަށް ހިތް ދަހިވެތިވަނީއެވެ. ދާ އޮހޮރުވުމަކާނުލައި، އަތްފައި ހަ...