Skip to main content

ޝިއުނާ އާދަމް

Contributor
🇲🇻 ތިލަދުން Desk
2,143 Stories
2,365 Reads

Published on ތިލަދުން (Thiladhun) by ޝިއުނާ އާދަމް

ލިބުނު ކުރިއެރުން ދެމެހެއްޓުމަށް ގައިޑުލައިންތަކަށް އަކުރުން އަކުރަށް އަމަލުކޮށް ދެއްވުމަށް އެދިވަޑައިގެންފި 
Raajje

ލިބުނު ކުރިއެރުން ދެމެހެއްޓުމަށް ގައިޑުލައިންތަކަށް އަކުރުން އަކުރަށް އަމަލުކޮށް ދެއްވުމަށް އެދިވަޑައިގެންފި 

ކޯވިޑްގެ ބަލިމަޑުކަމުގެ ތެރެއިން ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ކުރިއެރުން ދެމެހެއްޓުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗުޕީއޭ) އާއި ޓޫރިޒަމްގެ ގައިޑުލައިންތަކަށް އަކުރުން އަކުރަށް، ފިލިން ފިއްޔަށް އަމަލުކޮށް ދެއްވުމަށް ޓޫރިޒަމް މިނިސްޓަރު އަބުދުﷲ މައުސޫމް އެދިވަޑައިގެންފިއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަލުން ދިރުން އަންނަމުންދާ މި ދަނޑިވަޅުގައި ޑރ. މައުސޫމް މިމޭރުމުން ވިދާޅުވީ، ކުރެއްވި ޓުވީޓެއްގައެވެ. ޑރ. މައުސޫމް ވިދާޅުވީ، އެޗްޕީއޭއާއި، ޓޫރިޒަމް މިނިސްޓްރީން އެ...

ފައުޒަންގެ ހަނދާނުގައި ހިތާމައިގެ ސުކޫތެއް
Raajje

ފައުޒަންގެ ހަނދާނުގައި ހިތާމައިގެ ސުކޫތެއް

ފުވައްމުލަކުގައި އޮޔާދަމައިގަތް ދެ އަންހެން ކުދިން ސަލާމަތްކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ނިޔާވި އަހުމަދު ފައުޒާން ހަނދާނުގައި ހިތާމައިގެ ސުކޫތެއް ގެނެސްފި އެވެ. މިގޮތުން އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ނިޔާވި ފުވައްމުލަކު ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރު އަހުމަދު ފައުޒާންގެ ހަނދާނުގައި، ސްކޫލްތަކުގައި މިއަދު 1 މިނެޓްގެ ހިތާމައިގެ ސުކޫތެއް ގެނެސްފައިވާ ކަމަށެވެ. ހޮނިހިރިދުވަހު ފުވައްމުލަކު ސިޓީގެ މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅުނު 17 އަހަރުގެ ކުއްޖަލު ގެ...

އެމްޓީސީސީގެ ޓީމެއް ހއ. އަދި ހދ. އަތޮޅަށް ޒިޔާރަތް ކުރަނީ
Raajje

އެމްޓީސީސީގެ ޓީމެއް ހއ. އަދި ހދ. އަތޮޅަށް ޒިޔާރަތް ކުރަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޓީމެއް ހއ. އަދި ހދ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރަން ނިންމައިފިއެވެ. އެމްޓީސީސީން ބުނީ މި ޓީމު ފުރަތަމަ ޒިޔާރަތް ކުރާނީ ހއ. އަތޮޅަށް ކަމަށެވެ. މިގޮތުން އެ އަތޮޅުގައި މި ޓީމު ހަރަކާތްތެރިވާން ހަމަޖެހިފައިވަނީ މިމަހުގެ 12 އިން 18ގެ ނިޔަލަށެވެ. އަދި ހދ. އަތޮޅުގެ ރަށްތަކަށް މި ޓީމު ދަތުރު ކުރާނީ ވެސް މިމަހުގެ 19 އިން 24 އަށް ކަމަށް އެ ކުންފުނިން ބުންޏެވެ. މިދަތުރުގެ […]

އިންކަމް ސަޕޯޓް އެލަވެންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

އިންކަމް ސަޕޯޓް އެލަވެންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުންދޭ “އިންކަމް ސަޕޯޓް އެލަވަންސް”ގެ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އިންކަމް ސަޕޯޓް އެލަވެންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މިގޮތުން ޖޮބް ސެންޓަރުން ވަނީ، ނިމުނު އަހަރުގެ ޑިސެމްބަރު މަހުގެ އިންކަމް ސަޕޯޓަށް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 31 ގެ ނިޔަލަށް ހުޅުވާލާފަ އެވެ. ކޯވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް ދޭ “އިންކަމް ސަޕޯޓް އެލަވެންސް” ލިބޭނީ ދިވެހިރާއްޖޭގައި […]

އަދާލަތު ޕާޓީ: ރައީސްކަމަށް އަންހެނުންނަށް ވާދަކުރެވޭ ގޮތްހަދައި، ކުރިމަތިލާން ހުޅުވާލައިފި
Raajje

އަދާލަތު ޕާޓީ: ރައީސްކަމަށް އަންހެނުންނަށް ވާދަކުރެވޭ ގޮތްހަދައި، ކުރިމަތިލާން ހުޅުވާލައިފި

އަދާލަތު ޕާޓީ (އޭޕީ)ގެ ރައީސް ކަމުގެ މަގާމަށް އަންހެނުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް އެ ޕާޓީގެ ދުސްތޫރު އިސްލާޙްކޮށް، ރައީސް އާއި ނާއިބު ރައީސްގެ މަގާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފިއެވެ. އޭޕީން ބުނީ އެ ޕާޓީގެ ރައީސްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް، ބަދަލު ގެނައީ 08 ޖެނުއަރީ 2021 ވަނަ ދުވަހު ބޭއްވުނު މަޝްވަރާ މަޖިލީހުން ކަމަށެވެ. އޭޕީގެ އެންމެ އިސް ދެ މަގާމަށް އަލުން ކުރިމަތިލުމަށް ހުޅުވާލުމާއިއެކު އެ ޕާޓީން ވަނީ އެ ޕާޓީގެ ރިޔާސީ […]

މޫދަށް އެރިއުޅުނު ކުއްޖަކު ގެއްލިއްގެން ހޯދަނިކޮށް މޫދު އަޑިން ފެނިއްޖެ
Raajje

މޫދަށް އެރިއުޅުނު ކުއްޖަކު ގެއްލިއްގެން ހޯދަނިކޮށް މޫދު އަޑިން ފެނިއްޖެ

ފުވައްމުލަކު ސިޓީގައި މޫދަށް އެރިއުޅުނު ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް އެކުއްޖާ މޫދު އަޑިންް ފެނިއްޖެއެވެ. ފުލުހުން ވިދާޅުވި ގޮތުގައި ފުވައްމުލަކު ސިޓީގެ މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅުނު އުމުރުން 17 އަހަރުގެ ކުއްޖަލު ގެއްލިފައިވާ ކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައި ވަނީ 16:47 ހާއިރު އެވެ. އެއާއިއެކު އެކުއްޖާ ހޯދުމަށް ފުލުހުން އެ ސަރަހައްދުގައި ޙަރަކާތްތެރި ވަމުންދާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް، އެކުއްޖާ ފެނުނީ މޫދު […]

ދޯންޏެއް ގިރިއަކަށް އަރައި، ފަޅުވެރިން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފި
Raajje

ދޯންޏެއް ގިރިއަކަށް އަރައި، ފަޅުވެރިން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފި

ދޯންޏެއް ގިރިއަކަށް އަރައި، ފަޅުވެރިން ކަނޑުވެފައި ތިއްބާ ފުލުހުން އެ ފަޅުވެރިން ސަލާމަތްކޮށްފިއެވެ. ފުލުހުން ވިދާޅުވީ، ގިރިއަކަށް އެރީ މުދާ އުފުލާ ދޯންޏެއް ކަމަށެވެ. އަދި އެ ދޯނީގައި ތިން މީހުން ތިބި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެ ހާދިސާގައި އެ ދޯނި އަރާފައި ވަނީ ރ. ފިލާދޫ ކައިރި ގިރިއަކަށެވެ. އޭރު އެ ދޯނި ދަތުރު ކުރަމުން ދިޔައީ ރ. މީދޫއަށެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެ ހާދިސާގައި އެ ދޯނި ގިރިއަށް އެރުމުގެ […]

އެމްޕީއެލްގައި ހިނގި ހާދިސާ: އަނިޔާވި ދެމީހުގެ ހާލު ރަނގަޅު - އެމްޕީއެލް
Raajje

އެމްޕީއެލްގައި ހިނގި ހާދިސާ: އަނިޔާވި ދެމީހުގެ ހާލު ރަނގަޅު - އެމްޕީއެލް

ކޮންޓޭނަރަކުން ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ރޭ ހިނގި ނުރައްކާތެރި ހާދިސާގައި އަނިޔާވި ދެމީހުންގެ ހާލު ވެސް ރަނގަޅު ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ. ރޭ މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި މި ހާދިސާއާއި ގުޅިގެން، އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިސާ ހިނގަން މެދުވެރިވީ ބިއްލޫރި ޕެލެޓެއް ކޮންޓޭނަރުން ނެރުމަށް، ފޯކް ލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގައި ކަމަށެވެ. އެ ހާދިސާގައި ބިއްލޫރި ޕެލެޓް އަރިއަޅާލި […]

އެމްޕީއެލްގައި ހިނގި ހާދިސާ: ތާށިވި މީހާ ސަލާމަތްކޮށްފި
Raajje

އެމްޕީއެލްގައި ހިނގި ހާދިސާ: ތާށިވި މީހާ ސަލާމަތްކޮށްފި

އެމްޕީއެލްގައި މިރޭ ހިނގި ނުރައްކާތެރި ހާދިސާގައި ކޮންޓޭނާގައި ތާށިވި މީހާ ސަލާމަތް ކޮށްފިއެވެ. އެމްއެންޑީއެފުން ދެންމެ ވިދާޅުވީ، އެ ހާދިސާގައި ކޮންޓޭނާ ތެރޭގައި ތާށިވި މީހާ ސަލާމަތްކޮށް، އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރައްވަމުން ދާކަމަށެވެ. ކޮންޓޭނާއަކުން ބިއްލޫރި ޕެލެޓްތަކެއް ހުސްކުރަން އުޅެނިކޮށް މިރޭ ހިނގި އެ ހާދިސާގައި، އެކަކު ކޮންޓޭނާގައި ތާށިވިއިރު، ދެވަނަ މީހާ ޒަޚަމްވެގެން ވަނީ ކުރިން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެމްޕީއެލްގައި ހިނގި ހާދިސާ: ތާށިވި މ...

ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބާއްވަން އެޖެންޑާ ކޮށްފި
Parliament

ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބާއްވަން އެޖެންޑާ ކޮށްފި

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލިސް ޖަލްސާއެއް ބާއްވަން އެޖެންޑާ ކޮށްފިއެވެ. މި ޖަލްސާ ބާއްވަން އެޖެންޑާކޮށްފައި ވަނީ، މި މަހުގެ 13 ވާ ބުދަ ދުވަހުގެރޭ 20:30 އަށެވެ. މި ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ހުށަހަޅުއްވާފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން […]

އައިލެންޑް އޭވިއޭޝަންއަށް އާ އެމްޑީއެއް
Raajje

އައިލެންޑް އޭވިއޭޝަންއަށް އާ އެމްޑީއެއް

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑް (އައިއޭއެސް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު މިހާދު އައްޔަނުކުރައްވައިފިއެވެ. މިހާދު އެ މަގާމަށް އައްޔަނު ކުރެއްވިއިރު، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ރިޒްވީ، ރީޖަނަލް އެއާޕޯޓުތައް ހިންގަން ސަރުކާރުން އަލަށް އުފެއްދި ކުންފުނި، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އައިއޭއެސްގެ އެމްޑީ ކަމަށ...

މާފުށީ ޖަލު އާންމު ހާލަތަށް ގެނެސްފި
Raajje

މާފުށީ ޖަލު އާންމު ހާލަތަށް ގެނެސްފި

މާފުށީ ޖަލު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރު އޮފް ޕްރިޒަންސް، މިރޭ 20:51 ގައި ކުރެއްވި ޓުވީޓެއްގައި ވަނީ ‏މާފުށި ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަތްކަމުގެ މައުލޫމާތު ލިބިގެން ޖަލު ކުއްލި ހާލަތަށް ގެނެވިފައިވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޖަލުން އެއްވެސް ގައިދީއެއް ފިލާފައި ނުވާކަން އޭނާ ކަށަވަރު ކޮށްދެއްވި އެވެ. އޭގެފަހުން މިރޭ 22:11 ގައި، ކޮމިޝަނަރު އޮފް […]

ބޭބީ ނާސަރީ އާއި ނާސަރީ ދަރިވަރުންގެ ކިޔެވުން ވެސް ފަށަނީ
Raajje

ބޭބީ ނާސަރީ އާއި ނާސަރީ ދަރިވަރުންގެ ކިޔެވުން ވެސް ފަށަނީ

10 ޖެނުއަރީ 2020 ވަނަ ދުވަހު، ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށޭއިރު ބޭބީ ނާސަރީ އާއި ނާސަރީ ދަރިވަރުންގެ ކިޔެވުން ވެސް ފެށިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވަނީ، އެކެޑަމިކް ކަލަންޑަރުގައިވާ ފަދައިން އަންނަ އާދީއްތަ ދުވަހު 2020-2021 ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށާނެ ކަމަށެވެ. އަދި އެ ދުވަހު ކިޔެވުން ފަށާނީ އެލްކޭޖީން ފެށިގެން ގްރޭޑް 12 ގެ ހުރިހާ ދަރިވަރުންނަށް ކަމަށް […]

ފެބްރުއަރީ ހަތަރެއް ސަރުކާރު ބަންދު
Parliament

ފެބްރުއަރީ ހަތަރެއް ސަރުކާރު ބަންދު

އަންނަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހަކީ، 2021 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް ކަމަށްވާތީ، އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ހަމަޖައްސައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙީމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 4 ފެބްރުއަރީ 2021ވާ ބުރާސްފަތި ދުވަހަކީ، މަޖިލިސް މިއަހަރަށް ހުޅުވާ ދުވަސް ކަމަށްވާތީ، އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިހު ކަނޑައަޅުއްވާފައި ވާކަމަށެވެ. އާ އަހަރަށް މަޖިލިސް ހުޅުވާ ޖަލްސާގައި އޮނ...

ބޯހިޔާވަހިކަން ދެނެގަތުމަށް ކުރިއަށްގެންދާ ދިރާސާގެ މަސައްކަތް ފަށައިފި
Raajje

ބޯހިޔާވަހިކަން ދެނެގަތުމަށް ކުރިއަށްގެންދާ ދިރާސާގެ މަސައްކަތް ފަށައިފި

ރާއްޖޭއަށް ބޭނުންވާ ބޯހިޔާވަހިކަން ދެނެގަތުމަށް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކުރިއަށްގެންދާ ދިރާސާގެ މަސައްކަތް ފަށައިފިއެވެ. މުޅި ރާއްޖޭއަށް ބޭނުންވާ ބޯހިޔާވަހިކަން ދެނެގަތުމަށް ކުރިއަށް ގެންދާ މި ދިރާސާއަކީ ”މޯލްޑިވްސް ހައުސިން މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީ”ގެ ނަމުގައި ކުރިއަށް ގެންދާ ދިރާސާއެކެވެ. ޕްލޭނިން މިނިސްޓްރީއިން ވިދާޅުވީ، މި ދިރާސާ މިހާރު ފަށާފައިވާ ކަމަށާއި، ކޯވިޑާ-19 ގެ ބަލިމަޑުކަމުގެ ސަބަބުން މި ދިރާސާގެ މަސައްކަތް ކުރަށްވަމު...