އެމްޕީއެލްގައި މިރޭ ހިނގި ނުރައްކާތެރި ހާދިސާގައި ކޮންޓޭނާގައި ތާށިވި މީހާ ސަލާމަތް ކޮށްފިއެވެ.

އެމްއެންޑީއެފުން ދެންމެ ވިދާޅުވީ، އެ ހާދިސާގައި ކޮންޓޭނާ ތެރޭގައި ތާށިވި މީހާ ސަލާމަތްކޮށް، އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރައްވަމުން ދާކަމަށެވެ.

Ad
rt

ކޮންޓޭނާއަކުން ބިއްލޫރި ޕެލެޓްތަކެއް ހުސްކުރަން އުޅެނިކޮށް މިރޭ ހިނގި އެ ހާދިސާގައި، އެކަކު ކޮންޓޭނާގައި ތާށިވިއިރު، ދެވަނަ މީހާ ޒަޚަމްވެގެން ވަނީ ކުރިން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެހާދިސާ ހިނގި ސަރަޙައްދުގައި ސިފައިންގެ ފަޔާޓީމުގެ އިތުރުން ފުލުހުން ވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.