ދޯންޏެއް ގިރިއަކަށް އަރައި، ފަޅުވެރިން ކަނޑުވެފައި ތިއްބާ ފުލުހުން އެ ފަޅުވެރިން ސަލާމަތްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ގިރިއަކަށް އެރީ މުދާ އުފުލާ ދޯންޏެއް ކަމަށެވެ. އަދި އެ ދޯނީގައި ތިން މީހުން ތިބި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

Ad
rt

އެ ހާދިސާގައި އެ ދޯނި އަރާފައި ވަނީ ރ. ފިލާދޫ ކައިރި ގިރިއަކަށެވެ. އޭރު އެ ދޯނި ދަތުރު ކުރަމުން ދިޔައީ ރ. މީދޫއަށެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެ ހާދިސާގައި އެ ދޯނި ގިރިއަށް އެރުމުގެ ސަބަބުން އެ ދޯނީގެ ބޮޑުބައި އަޑިއަށް ގޮސްފައިވާ ކަމަށެވެ. ދޯނި އަޑިއަށް ދިޔުމުން އެ ދޯނިން ދަތުރުކުރި ފަޅުވެރިން ކަނޑުވެފައި ތިއްބާ ސަލާމަތް ކުރީ ފުލުހުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކަނޑުވި ތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން އިތުރަށް ވިދާޅުވިއެވެ.

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ 13:03 ހާއިރެވެ.