ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑް (އައިއޭއެސް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު މިހާދު އައްޔަނުކުރައްވައިފިއެވެ.
މިހާދު އެ މަގާމަށް އައްޔަނު ކުރެއްވިއިރު، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ރިޒްވީ، ރީޖަނަލް އެއާޕޯޓުތައް ހިންގަން ސަރުކާރުން އަލަށް އުފެއްދި ކުންފުނި، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އައިއޭއެސްގެ އެމްޑީ ކަމަށް އައްޔަނުކުރެއްވުނު މިހާދަކީ އެމްއޭސީއެލްގެ ބޯޑު މެމްބަރެކެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިހާދު ވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އެމްޑީ އަދި ސީއީއޯގެ މަގާމު ވެސް ފުރުއްވާފައެވެ. އަދި އެމްޓީޑީސީއާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވަނީ ފިނޭންސް މިނިސްޓްރީގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައެވެ.
Congratulations on your appointment as our new Managing Director, Mr. Mohamed Mihad. A warm welcome from all of us! #NationalAirline pic.twitter.com/HVlgkRl7el
— Maldivian (@MaldivianAero) January 6, 2021
އިންޓަނޭޝަނަލް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އޮސްޓްރޭލިއާއިން މާސްޓާޒް ޑިގްރީ ހާސިލްކުރައްވާފައިވާ މިހާދު އަކީ ޓްރެވަލް އަދި ޓޫރިޒަމް ދާިރާގެވެސް ތަޖުރިބާކާރެއްވެސް މެއެވެ.
އައިލެންޑް އޭވިއޭޝަނުގެ ބޯޑުގައި މިހާރު ތިއްބަވާނީ ޗެެއާމަން ޑރ. އަހުމަދު ޝަމްހީދުގެ އިތުރުން އެމްޑީ މިހާދު އާއި ޑިރެކްޓަރުންގެ ގޮތުގައި އަބްދުﷲ އާމިރު، އައިޝަތު ޖެނިފާ އަދި އަޒްހީލް އަހުމަދުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!