ރާއްޖޭއަށް ބޭނުންވާ ބޯހިޔާވަހިކަން ދެނެގަތުމަށް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކުރިއަށްގެންދާ ދިރާސާގެ މަސައްކަތް ފަށައިފިއެވެ.
މުޅި ރާއްޖޭއަށް ބޭނުންވާ ބޯހިޔާވަހިކަން ދެނެގަތުމަށް ކުރިއަށް ގެންދާ މި ދިރާސާއަކީ ''މޯލްޑިވްސް ހައުސިން މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީ"ގެ ނަމުގައި ކުރިއަށް ގެންދާ ދިރާސާއެކެވެ.
ޕްލޭނިން މިނިސްޓްރީއިން ވިދާޅުވީ، މި ދިރާސާ މިހާރު ފަށާފައިވާ ކަމަށާއި، ކޯވިޑާ-19 ގެ ބަލިމަޑުކަމުގެ ސަބަބުން މި ދިރާސާގެ މަސައްކަތް ކުރަށްވަމުން ގެންދަވަނީ ފޯނު މެދުވެރިކޮށް ކަމަށެވެ. އަދި ފެބްރުއަރީ 2021ގެ ނިޔަލަށް މި ދިރާސާގެ މަސައްކަތް ހިނގަމުންދާނެ ކަމަށް އެ މިނިސްޓްރީއިން ވިދާޅުވެއެވެ.
މި ސަރވޭގެ މެދުވެރިކޮށް އެއްކުރާ މަޢުލޫމާތުގެ ތެރޭގައި ބޯހިޔާވަހިކަމަށް ބޭނުންވާ މިންވަރާއި، މިހާރު ދިރިއުޅޭ ގޭބިސީގެ ޙާލަތާއި، ގޭބިސީގައި ދިރިއުޅޭ މީހުންގެ އަދަދާއި، އަމިއްލަ މިލްކިއްޔާތުގައި ހިމެނޭ ހިޔާވަހިކަމާއި، ގޯތިގެދޮރާއި ގުޅޭ މަޢުލޫމާތާއި، ބޯހިޔާވަހިކަން ހޯދުމުގައި ގޯތިގެދޮރު މިލްކުކުރުމަށް ސަރުކާރުގެ ފަރާތުން ލިބުމަށް އެދޭ އެހީތެރިކަމާއި، ބޯހިޔާވަހިކަމަށް ކުރާ ހޭދަ ދެނެގަތުމަށް ބޭނުންވާ މަޢުލޫމާތު ހިމެނޭނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީއިން ވަނީ ހާމަ ކުރަށްވާފައެވެ.
ޕްލޭނިން މިނިސްޓްރީއިން ވިދާޅުވީ، މި ދިރާސާއަށް ދެއްވާ އެއްވެސް މަޢުލޫމާތެއް ތިންވަނަ ފަރާތަކާއި ހިއްސާއެއް ނުކުރާނެ ކަމަށެވެ. އަދި މި ދިރާސާގެ ޒަރިއްޔާއިން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި ސަރުކާރުން އެކަށައަޅާ ރާއްޖޭގެ ބޯހިޔާވަހިކަމާއިގުޅޭ ސިޔާސަތުތަށް އެކުލަވާލުމާއި ތަންފީޛުކުރުން ހަރުދަނާކުރުމަށް މަގުފަހިވާނެ ކަމަށް ވެސް އެ މިނިސްޓްރީއިން ވިދާޅުވިއެވެ.
ޕްލޭނިން މިނިސްޓްރީއިން ވިދާޅުވީ، މި ދިރާސާ ރުމަށްޓަކައި އެ ނިސްޓްރީގެ ފަރާތުން ގުޅާނެ ނަމްބަރުތައްވަނީ އެ ނިސްޓްރީގެ ވެބްސައިޓާއި އެ ނިސްޓްރީގެ ސޯޝަލް މީޑިއާ މަންސަތަކުގައި ހިއްސާކޮށްފައި ކަމަށެވެ.
އެ ނަންބަރުތައް:
7627827، 7260058، 7260057، 7627823، 7627548، 7627558، 7627898، 7627040، 7627001، 7626968، 7626917
މި ދިރާސާއަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީއާއި ލޯންއެހީ ހިމެނޭހެން، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ކުރިއަށްގެންދާ ދިރާސާއެކެވެ. ހުރިހާ ރައްޔިތުންވެސް މި ދިރާސާއަށް އެއްބާރުލުން ދެއްވުމަށް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!