މާފުށީ ޖަލު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރު އޮފް ޕްރިޒަންސް، މިރޭ 20:51 ގައި ކުރެއްވި ޓުވީޓެއްގައި ވަނީ މާފުށި ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަތްކަމުގެ މައުލޫމާތު ލިބިގެން ޖަލު ކުއްލި ހާލަތަށް ގެނެވިފައިވާ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ޖަލުން އެއްވެސް ގައިދީއެއް ފިލާފައި ނުވާކަން އޭނާ ކަށަވަރު ކޮށްދެއްވި އެވެ.
އޭގެފަހުން މިރޭ 22:11 ގައި، ކޮމިޝަނަރު އޮފް ޕްރިޒަންސް ވިދާޅުވީ، މާފުށީ ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ޚިލާފަށް ވަތް ކަމުގެ މައުލޫމާތު ލިބިގެން ބެލި ބެލުމުން އެއްވެސް ފަރާތެއް ޖަލު ސަރަހައްދަށް ވަދެފައި ނުވާކަން ކަށަވަރު ވެފައިވާ ކަމަށެވެ.
ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަތް ކަމުގެ މައުލޫމާތު ލިބިގެން ބެލި ބެލުމުން އެއްވެސް ފަރާތެއް ޖަލު ސަރަހައްދަށް ވަދެފައި ނުވާ ކަމަށާއި އަދި އެއްވެސް ގައިދީއެއް ޖަލުން ފިލާފައި ނުވާކަން ކަށަވަރު ކުރެވިފައިވާތީ ޖަލު ވަނީ އާންމު ހާލަތަށް ގެނެވިފައި
— Ahmed Mohamed (@ahumadhumohamed) January 6, 2021
އަދި އެއްވެސް ގައިދީއެއް ޖަލުން ފިލާފައި ނުވާކަން ކަށަވަރު ކުރެވިފައިވާތީ ޖަލު ވަނީ އާންމު ހާލަތަށް ގެނެވިފައި ކަމަށް ވެސް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!