Skip to main content

ޝިއުނާ އާދަމް

Contributor
🇲🇻 ތިލަދުން Desk
2,143 Stories
2,387 Reads

Published on ތިލަދުން (Thiladhun) by ޝިއުނާ އާދަމް

ފަތުރުވެރިކަމުގެ ނަފާ އުތުރާ ދެކުނަށްވެސް ލިބޭނެކަން ކަށަވަރުކުރުމަކީ އަމާޒެއް: ރައީސް
Raajje

ފަތުރުވެރިކަމުގެ ނަފާ އުތުރާ ދެކުނަށްވެސް ލިބޭނެކަން ކަށަވަރުކުރުމަކީ އަމާޒެއް: ރައީސް

ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ހުއްޓި، ހީނަރުވި ފަތުރުވެރިކަން އަލުން ކޮޅަށްޖެހުމަށް މަސައްކަތްކުރާއިރު، މި ޞިނާއަތުގެ ނަފާ ރާއްޖޭގެ އެންމެ އުތުރާ ދެކުނަށްވެސް ލިބޭނެކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކާނު އިއްވެވި ތިންވަނަ ރިޔާސީ ބަޔާނުގައެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވ...

ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ، ފިޔަވަޅުތައް ވަރުގަދަކޮށްފި
Raajje

ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ، ފިޔަވަޅުތައް ވަރުގަދަކޮށްފި

ރާއްޖޭގައި ކޯވިޑް ބަލީގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ އަޅާފައިވާ ރައްކާތެރިމަކުގެ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ. ރާއްޖޭގައި ކޯވިޑް ބަލީގެ ހާލަތު އަނެއްކާ ވެސް ގޯސްވެ، ނަމްބަރުތައް މައްޗަށް ދާން ފަށާފައިވާއިރު، ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވަނީ ގިނަ ފިޔަވަޅުތަކެއް ކުރިއަށްވުރެ ވަރުގަދަކޮށް މިއަދު އާންމު ކޮށްފައެވެ. ހުރިހާ ރަށެއްގައި މާސްކު އަޅަން މަޖުބޫރު މިފިޔަވަޅުތަކުގެ ދަށުން ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެ...

ބޮޑުތިލަދުންމަތީގެ ހައި-ސްޕީޑް ފެރީގެ ޚިދުމަތް ނޮވެމްބަރުމަހު ފަށަނީ
Raajje

ބޮޑުތިލަދުންމަތީގެ ހައި-ސްޕީޑް ފެރީގެ ޚިދުމަތް ނޮވެމްބަރުމަހު ފަށަނީ

ބޮޑުތިލަދުންމަތީގައި ގާއިމުކުރާ ހައި-ސްޕީޑް ފެރީގެ ޚިދުމަތް މިއަހަރު ނޮވެމްބަރުމަހު ފަށަން ނިންމައި، ޚިދުމަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިގޮތުން ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ އިންޓަރގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާރކްގެ ފުރަތަމަ ފިޔަވަހީގެ ޚިދުމަތުގެ އެއްބަސްވުމުގެ ދަށުން ހއ. އަތޮޅާއި، ހދ. އަތޮޅާއި އަދި ށ. އަތޮޅުގައި ހައި-ސްޕީޑް ފެރީގެ ޚިދުމަތް ފެށުމަށް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރ...

އުތުރުން ފުރަތަމަ ކޯވިޑް ވެކްސިން ޖެހީ ކޭއާރުއެޗްގެ މެނޭޖަރު
Thiladhunmathi News

އުތުރުން ފުރަތަމަ ކޯވިޑް ވެކްސިން ޖެހީ ކޭއާރުއެޗްގެ މެނޭޖަރު

ރާއްޖޭގެ ތިން ސަރަޙައްދެއްގައި މިއަދު ކޯވިޑް-19 ވެކްސިން ދޭން ފަށާފައިވާއިރު، އުތުރުން މި ވެކްސިން ޖަހަންފެށި ކުޅުދުއްފުށީ ސިޓީން، އެންމެ ފުރަތަމަ ވެކްސިން ޖެހީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ މެނޭޖަރު އަހްމަދު ދާއޫދެވެ. ކޭއާރުއެޗްގެ މެނޭޖަރު ދާއޫދަށްފަހު، އެ ހޮސްޕިޓަލްގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު މުހައްމަދު ފައިސަލް ވެކްސިން ޖަހާފައިވާއިރު، ހެލްތް ވޯކަރުންނަށާއި ނަރުހުން އަދި ލެބޯޓްރީގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 30 މީހަކަށް މިއަދު ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމ...

ކަރަންކާ ރަޝީދު އަވަހާރަވެއްޖެ
Raajje

ކަރަންކާ ރަޝީދު އަވަހާރަވެއްޖެ

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ (ނ.ޢ..ޢ.ވ) ލަޤަބް އަރުވައިފައިވާ ހެންވޭރު ޒޮނޭރިއާ އިބްރާހީމް ރަޝީދު (ކަރަންކާ ރަޝީދު) މިއަދު މެންދުރުފަހުގެ ވަގުތެއްގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. އެމަނިކުފާނު އަވަހާރަވީ މާލޭގައެވެ. އަވަހާރަވީއިރު ރަޝީދުގެ އުމުރުފުޅަކީ 92 އަހަރުފުޅެވެ. އެމަނިކުފާނު 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވެއެވެ. ހުރަވީދަރިކޮޅުގެ ޝާހީ ރަސްކަމުގެ ޢާއިލާއާއި ވެރިކަމުގެ ޢާއިލާއިން ވަޑައިގެންނެވި އިބްރާހީމް ރަޝީދު، ސަރުކާރުގ...

މުރައިދޫ މޮނިޓަރިންނަށް ލައިފި
Thiladhunmathi News

މުރައިދޫ މޮނިޓަރިންނަށް ލައިފި

ހއ. މުރައިދޫ މޮނިޓަރިން ހާލަތަށް ގެނެސްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށަށް އަންގައިފިއެވެ. އެޗްޕީއޭއިން މުރައިދޫ މޮނިޓަރިން ހާލަތަށް ލުމާއި ގުޅިގެން އިތުރު މައުލޫމާތު ހޯދާލުމަށް ”ތިލަދުން”އިން މުރައިދޫ ސިއްޙީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި ޙުސައިން ނިޔާޒަށް ގުޅުމުން ވިދާޅުވީ ”މިވަގުތު މީޑިއާއަށް އެއްވެސް މައުލޫމާތެއް ހިއްސާކުރެވެން ނެތް” ކަމަށެވެ. އެޗްޕީއޭއިން މުރައިދޫ މޮނިޓަރިންނަށް ލާފައިވާކަން އަންގައި، މުރައިދޫ ކައުންސިލްއަށް ފޮނުވި ލިޔުމުގައި ބުނެފައިވ...

ކުޑަ ކުދިންނަށް ޚާއްޞަކޮށްގެން ކުރެހުމުގެ މުބާރާތެއް ފަށައިފި
Raajje

ކުޑަ ކުދިންނަށް ޚާއްޞަކޮށްގެން ކުރެހުމުގެ މުބާރާތެއް ފަށައިފި

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީއިން، އިންޓަނެޓުގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުޑަ ކުދިންނަށް ޚާއްޞަކޮށްގެން ކުރެހުމުގެ މުބާރާތެއް ފަށައިފިއެވެ. މިމުބާރާތަކީ އަންނަ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ “ސޭފަރ އިންޓަނެޓް” ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ މުބާރާތެކެވެ. ތީމެއްގެ ގޮތުގައި ”އިންޓަނެޓްގެ ރައްކާތެރިކަން” ކަނޑައަޅާފައިވާ މި މުބާރާތުގައި ކުރެހުންތައް ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، 4 ފެބުރުއަރީ 2021...

ގޮނޑުވެފައިވާ ކުރީގެ މެޓްރޯ ކެފޭ ސާފުކޮށްދިނީ ވެމްކޯގެ ހީވާގި މުވައްޒަފުން
Raajje

ގޮނޑުވެފައިވާ ކުރީގެ މެޓްރޯ ކެފޭ ސާފުކޮށްދިނީ ވެމްކޯގެ ހީވާގި މުވައްޒަފުން

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ހީވާގި މުވައްޒަފުން، މަސްތުވާތަކެތި ބޭނުންކުރާ ބަޔަކު ދިރިއުޅެމުން ދިޔަ ގޮނޑު ވެފައިވާ ކުރީގެ ”މެޓްރޯ ކެފޭ” ސާފު ކޮށްފިއެވެ. މިގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއާއި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސް ގުޅިގެން ރޭ ނެރުނު ނޫސް ބަޔާނުގައި ވެސް ވަނީ ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ފަރުވާ ބޭނުންވާ ފަރާތްތަކެއް ދިރިއުޅުނު މެޓްރޯ ކެފޭގެ އިމާރާތް ވެމްކޯގެ އެހީތެރިކަމާއެކު ސާފުކުރުމުގެ މަސައްކަތް ކު...

ފުރަތަމަ ފަހަރަށް ދިވެހި އަންހެން ސިފައިން އަސްކަރިއްޔާގެ އިސް ރޭންކަކަށް
Raajje

ފުރަތަމަ ފަހަރަށް ދިވެހި އަންހެން ސިފައިން އަސްކަރިއްޔާގެ އިސް ރޭންކަކަށް

ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލެފްޓެނެންޓް ކާނަލްގެ މަޤާމަށް އަންހެން ސިފައިން ރޭންކްކޮށްފިއެވެ. މި އަންހެން އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދެއްވާފައިވަނީ، ސިފައިންނަށް މަޤާމުގެ ކުރިއެރުން ދެއްވުމަށް އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މި ރޭންކަށް 3 އަންހެން ބޭފުޅަކަށް މަޤާމުގެ ކުރިއެރުން ދެއްވާފައިވާއިރު، މި ތިން ބޭފުޅުންނަކީ ވެސް ކުރިން މޭޖާ ރޭންކުގައި ތިއްބެވި ސިފައިންނެވެ. އެއީ މޭޖާ ހައްވާ ޝެނީން އާއި މޭޖާ ޑރ. ފާތިމަތު ތަހުސީނާ އާއި މޭޖާ ޑރ. އައިމިނަތު […]

ކައުންސިލްތައް ބާރުވެރިވާ މަންޒަރު ފެނުމަކީ ލިބޭ އުފަލެއް: މައުސޫމް
Raajje

ކައުންސިލްތައް ބާރުވެރިވާ މަންޒަރު ފެނުމަކީ ލިބޭ އުފަލެއް: މައުސޫމް

ކައުންސިލްތައް ބާރުވެރިވާ ތަން ފެނުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަބުދު ﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ، ހއ. ހޯރަފުށީން ފަތުފުރުވެރިކަމަށް ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ބިންތަކެއް ބީލަމަށް ހުޅުވާލުމުން ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ކުރެއްވި ޓުވީޓެއް ހިމަނުއްވާ، އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ. މިނިސްޓަރު ވިދާޅުވީ، ރައީސް ޞާލިޙަކީ ދުރުވިސްނޭ ހިކުމަތްތެރި ލީޑަރެއް ކަމަށާއި، އެމަނިކުފާނު ގެންދަވަނީ ކ...

ފޮށުނު މައްސަލައިގައި ހައްޔަރުކުރީ ބަރަހަނާކޮށް ހުރެ އިސްލާމީ މަރުކަޒަށް ވަތް މީހާ
Raajje

ފޮށުނު މައްސަލައިގައި ހައްޔަރުކުރީ ބަރަހަނާކޮށް ހުރެ އިސްލާމީ މަރުކަޒަށް ވަތް މީހާ

އަންހެން ކަނބަލުންތަކަކާއި ފޮށި، މީހުނަށް އާންމު އުނދަގޫކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ މިމަހުގެ 21 ވަނަ ދުވަހު ބަރަހަނާ ހާލުގައި ހުރެގެން އިސްލާމީ މަރުކަޒަށް ވަނުމާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވަނީ އިއްޔެ މެންދުރު ފަހު 1:00 ޖަހާކަންހާއިރު މާލޭ ސިޓީގެ ބޮޑުތަކުރުފާނުމަގު ޑޮލަރު އޭޓީއެމްގެ ކައިރިން އެކި އެކި އަންހެނުންނާ ފޮށި، މީހުނަށް އާންމު އުނދަގޫ ކުރަމުން ދިޔަ މައްސަލައެއްގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފައެވެ. އެމ...

ޖެޓްސްކީއެއްގައި ފުރި ދެ މީހަކު ގެއްލިގެން ހޯދަނީ
Raajje

ޖެޓްސްކީއެއްގައި ފުރި ދެ މީހަކު ގެއްލިގެން ހޯދަނީ

ޅ. އަތޮޅުގައި އޮންނަ ފުށިފަރު ރިސޯޓުން ޖެޓްސްކީއެއްގައި ފުރި ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ ފުށިފަރު ރިސޯޓުން ޖެޓްސްކީއެއްގައި ފުރި ދެ ދިވެހިން ގެއްލިގެން ހޯދަން ފަށާފައިވާ ކަމަށެވެ. އެ ދެމީހުންނަކީ ވެސް އެ ރިސޯޓުގެ މުވައްޒަފުން ނެވެ. އަދި އެއީ އެ ރިސޯޓުގެ އަންހެން މުވައްޒަފަކާއި، ފިރިހެން މުވައްޒަފެއް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެ އަންހެން މުވައްޒަފުގެ އުމުރަކީ 29 އަހަރެވެ. ފިރިހެން މުވައްޒަފުގެ އުމުރަކީ 24 އަހަރެވެ. އެމީހުން […]

ކުމުންދޫ ރައްޔިތުންގެ ފުރިހަމަ އިތުބާރު އެމްޑަބްލިއުއެސްސީއަށް
Thiladhunmathi News

ކުމުންދޫ ރައްޔިތުންގެ ފުރިހަމަ އިތުބާރު އެމްޑަބްލިއުއެސްސީއަށް

ހދ. ކުމުންދޫގައި ސަރުކާރުން ގާއިމުކުރާ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް ކުރަމުންދާ މާލޭ ވޯޓާ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)އިން، އެ މަޝްރޫޢުގެ މަސައްކަތް ކާމިޔާބު ކަމާއިއެކު ނިންމާލާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެރަށުގެ ރައްޔިތުންގެ އެބައޮތް ކަމަށް ކުމުންދޫ ކައުންސިލުން ބުނެފިއެވެ. އެރަށުގައި ގާއިމުކުރާ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށާއި، އެ މަޝްރޫޢުއިގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖ...

އަހަރުގެ ފުރަތަމަ 20 ދުވަސް ތެރޭ 57 ހާހަށްވުރެ ގިނަ ފަތުރުވެރިން
Raajje

އަހަރުގެ ފުރަތަމަ 20 ދުވަސް ތެރޭ 57 ހާހަށްވުރެ ގިނަ ފަތުރުވެރިން

2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 57،599 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ 20 ދުވަހު ރާއްޖެއަށް 57،599 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ހުސްވި 2020 ވަނަ އަހަރުގެ ފުރަތަމަ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރީ 112،282 ފަތުރުވެރިންނެވެ. މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 13،880 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ދެވަނައަށް އެ...

ފިއްލަދޫ ބޭރުގައި އާ ކަނދުފައްޗެއް ހަރުކޮށްފި
Thiladhunmathi News

ފިއްލަދޫ ބޭރުގައި އާ ކަނދުފައްޗެއް ހަރުކޮށްފި

ހއ. ފިއްލަދޫ ބޭރުގައި ހަރުކޮށްފައިވާ އޮއިވާލި ކަނދުފަތި ކަނޑައިގެން ދިއުމުގެ ސަބަބުން އާ ކަނދުފައްޗެއް ހަރުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކަނދުފަތިވެސް ހަރުކޮށްފައިވަނީ ކަނޑައިގެން ދިޔަ ކަނދުފަތި އޮތް ސަރަހައްދުގައި އެވެ. ފިއްލަދޫއާއި ދިމާ ބޭރުގައި މަސްވެރިކަމަށް އަޅާފައި އޮންނަ ކަނދުފަތި އިއްޔެގެ ވަގުތެއްގައި އަލުން ހަރުކުރެވިގެން ދާނެ ކަމަށް، ކެލާ ދާއިރާގެ މަޖިލިސް މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވެސް ވަނީ ވިދާޅުވެފައެވެ. ”ފިއްލަދޫއާއި ދިމާ ބޭރުގައި މަސްވެރިކަމަށް އަޅާފ...