ހދ. ކުމުންދޫގައި ސަރުކާރުން ގާއިމުކުރާ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް ކުރަމުންދާ މާލޭ ވޯޓާ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)އިން، އެ މަޝްރޫޢުގެ މަސައްކަތް ކާމިޔާބު ކަމާއިއެކު ނިންމާލާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެރަށުގެ ރައްޔިތުންގެ އެބައޮތް ކަމަށް ކުމުންދޫ ކައުންސިލުން ބުނެފިއެވެ.
އެރަށުގައި ގާއިމުކުރާ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށާއި، އެ މަޝްރޫޢުއިގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލިސްގައި ކުމުންދޫ ތަމްސީލް ކުރަށްވާ، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ހިމެނޭހެން އެމްޑަބްލިއުއެސްސީގެ އިސްވެރިންގެ ޓީމެއް އިއްޔެ ވަނީ އެރަށަށް ޒިޔާރަތްކޮށްފައެވެ.
މި ޓީމުގައި ހިމެނެނީ އެމްޑަބްލިއުއެސްސީގެ ޗެއާމަން އަޙްމަދު މައުސޫމާއި، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙަސަން ޝާހާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފުގެ އިތުރުން އެ ކުންފުނީގެ ބައެއް މުވައްޒަފުންނެވެ.
MWSC Chairman Ahmed Mausoom, Managing Director @hassanshaahu and Members of Management Team along with MP for Makunudhoo Constituency @Mraee12 visit HDh.Kumundhoo to inspect the progress of the preliminary works of Water & Sewerage project undertaken by #TeamMWSC
#MWSCProjects pic.twitter.com/9vYPczUwmB— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) January 22, 2021
ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ''ތިލަދުން''އަށް ވިދާޅުވީ، އެ ދާއިރާގެ އެމްޕީ ހިމެނޭހެން އެރަށަށް އިއްޔެ ޒިޔާރަތްކުރި ޓީމުން އެރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތާއި ގުޅޭ މައުލޫމާތު ރައްޔިތުންނާއި އަދި ކައުންސިލާއި ވެސް ހިއްސާ ކުރަށްވާފައިވާ ކަމަށެވެ.
''އެ ބޭފުޅުން އިއްޔެ ކައުންސިލާއި ބައްދަލު ކުރެއްވި، ރޭ ވަނީ ރައްޔިތުންނާއި ވެސް ބައްދަލު ކުރަށްވާފައި، މި ބައްދަލު ކުރެއްވުންތަކުގައި ވަނީ މިރަށުގައި ހިނގަމުންދާ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، ޚިޔާލު ހޯއްދަވާފައި''
އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ އެ ޓީމުން އިއްޔެ އެރަށުގެ އެމްޑަބްލިއުއެސްސީގެ ވަގުތީ ސައިޓާއި އަދި ގުދަން އިމާރާތް ބައްލަވާލެއްވި ކަމަށެވެ. މީގެ އިތުރުން އެރަށުގައި އާރޯ ޕްލާންޓް ބަހައްޓާ ސަރަހައްދާއި، އެމްޑަބްލިއުއެސްސީގެ ވަގުތީ އޮފީސް ހަދާ ސަރައްދުވެސް ބައްލަވާލެއްވި ކަމަށެވެ.
''އެމްޑަބްލިއުއެސްސީން މި މަޝްރޫޢު ކާމިޔާބު ކަމާއިއެކު ނިންމާލާނެ ކަމުގެ ފުރިހަމަ އިތުބާރު ރަށުގެ ރައްޔިތުނަށް އެބައޮތް، އެ ބޭފުޅުން ވެސް ރައްޔިތުންނަށް ޔަޤީންކަން ދެއްވި ކުރިއަށް އޮތް 18 ވަރަކަށް މަސްދުވަސްތެރޭ މަސައްކަތް ނިމުމާއި ގާތަށް ގެންދެވޭނެ ކަމަށް''
އަމީން ވިދާޅުވިއެވެ.
ިހާދީބޭގެ އުއްމީދު އަދި ކުމުންދޫގެ ލޮބުވެތި ރައްޔިތުންގެ އުއްމީދުތަކުގައި މިސަރުކާރުން ކުލަޖައްސައިދޭނެ.
ޝުކުރިއްޔާ ރައީސް @ibusolih ރައީސް @MohamedNasheed ޝުކުރިއްޔާ މިނިސްޓަރ @AslamAslamtey @Akramkdeen ޝުކުރިއްޔާ އެމްޑީ @hassanshaahu ޗެއަރމަން@amausoom @MDPSecretariat https://t.co/NXGTJFzGvS pic.twitter.com/K0jR1n92iJ— Mohamed Raee / Makunudhoo Constituency (@Mraee12) January 22, 2021
އަމީން ވިދާޅުވީ، އެ މަޝްރޫޢުއަށް ބޭނުންވާ ބައެއް ސާމާނުވެސް މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށާއި، އެ މަޝްރޫޢުގެ މަސައްކަތްވެސް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!