އެމްޑީޕީ ތެރޭގައި ހަރުކަށި ފިކުރެއް ނެތް: ރައީސް
އެމްޑީޕީ ތެރޭގައި ހަރުކަށި ފިކުރު މޫލަމުންދާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހަރުކަށި ފިކުރުގެ މައްސަލައަކީ މުޅި ރާއްޖޭގައި ފެތުރެމުންދާ އެއްޗެއް ކަމަށެވެ. އެހެންވެ ކޮންމެ ތަނެއްގައިވެސް އެ މައްސަލަ ދިމާވުން އެކަށީގެންވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެކަމަކު ވަކިން ހާއްސަކޮށް އެމްޑީޕީ ތެރޭގައި އެ ފިކުރު މޫލަމުންދާ ކަމަށް ގަބޫލުނުކުރައްވާ ކަމަށް...