އަލީ ވަހީދު ދެމަހަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި މައްސަލާގައި އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ހުކުމް ތަންފީޒުކުރުމަށް ތަންފީޒީ އިދާރާތަކަށް ވެސް ވަނީ އަންގާފައެވެ.
އަލީ ވަހީދު ޓުރިޒަމް މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވި އިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި ދައުވާ އުފުލާ އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، އޭނާ ޝަރީއަތުގައި ބައިވެރިވަނީ އޮންލައިންކޮށް އިނގިރޭސިވިލާތުގައި ހުންނަވައިގެންނެވެ.
ސުޕްރީމް ކޯޓުން ބަލަމުން ދަނީ ޝަރީއަތް އޮންލައިންކޮށް ގެންދަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލައެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވުމާއި އެކު ޕާސްޕޯޓު ހިފެހެއްޓިނަމަވެސް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން އެދުމުން ޕާސްޕޯޓު ދޫކޮށްލީ ހަތަރު މަހަށެވެ.
މުއްދަތް ހަމަވި އިރުވެސް އޭނާ ރާއްޖެ އައިސްފައިނުވާއިރު އެ މައްސަލަ އޮންލައިންކޮށް ގެންދަން ނިންމީ ބޭސްފަރުވާ ނުނިމޭ ކަމަށް ބުނެ ލިޔެކިޔުންތައް ހުށަހަޅާފައިވާތީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!