އެމްޑީޕީ ތެރޭގައި ހަރުކަށި ފިކުރު މޫލަމުންދާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހަރުކަށި ފިކުރުގެ މައްސަލައަކީ މުޅި ރާއްޖޭގައި ފެތުރެމުންދާ އެއްޗެއް ކަމަށެވެ. އެހެންވެ ކޮންމެ ތަނެއްގައިވެސް އެ މައްސަލަ ދިމާވުން އެކަށީގެންވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އެކަމަކު ވަކިން ހާއްސަކޮށް އެމްޑީޕީ ތެރޭގައި އެ ފިކުރު މޫލަމުންދާ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެފަދަ ފިކުރެއްގެ ސަބަބުން ޕާޓީގެ ވިސްނުމާއި
ފިކުރަށް އަދި މަސައްކަތަށް ބުރޫ އަރާކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެހެން ވާނަމަ އެކަމެއް ހުއްޓުވާނެ ކަމަށެވެ.
ރައީސް މިހެން ވިދާޅުވިއިރު ދާދި ފަހުން ރައީސް ނަޝީދު ވަނީ އެމްޑީޕީ ތެރޭގައި ހަރުކަށީ ފިކުރު މޫލާފައިވާ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!