ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައި ހުރި ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުން އަލުން ފަށަން ނިންމައިފިއެވެ.

އެއްބަސްވުމުގައި ސޮއިކުރުން މެދުކަނޑާލީ އެކަމުގައި މަސައްކަތްކުރާ އެޗްޑީސީގެ މުވައްޒަފަކު ކޮވިޑް-19ށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.

Ad
rt

މިއަދު އަނެއްކާ ވެސް އެ މަސައްކަތް ފަށަން ތާވަލްކޮށް އެކަމުގެ ތަފްސީލްތައް އެޗްޑީސީން ވަނީ އާންމުކޮށްފައެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން މި މަހު 18 އާ ހަމައަށް ކުރިއަށް ގެންދަން އެޗްޑީސީން ވަނީ ރާވައިފައެވެ. އެ މުއްދަތުގައި ސޮއިކުރާނީ ޓަވަރު އެޗް11، އެޗް14، އެޗް6، އެޗް8، އެޗް2، އެޗް7، އެޗް1 އަދި އެޗް3 އިން ފްލެޓް ލިބުނު މީހުންނާ އެކު އެވެ.

ހިޔާ މަޝްރޫޣެ ފްލެޓު ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރަން ފެށީ މިދިޔަ މަހު 14ގައެވެ.

އެޗްޑީސީން އަމާޒު ހިފާފައި ހުރީ މި މަސް ނިމުމުގެ ކުރިން އެ މަސައްކަތް ނިންމާލުމަށެވެ. ފްލެޓުގައި ސޮއިކުރާ ދުވަހު ވެރިފަރާތައް ތަޅުދަނޑި ހަވާލުކުރެއެވެ.