މިނިވަން މުއައްސަސާތަކަށް އާންމުންގެ އިތުބާރާއި ޔަގީންކަން ހޯދުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ފެހި ގާނޫނު އަސާސީ އަށް 13 އަހަރު ފުރުން ފާހަގަކޮށް ރިއްފަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީ އަށް 13 އަހަރު ފުރޭ އިރު އައު ގާނޫނުއަސާސީން ކަށަވަރުކޮށްދެނީ ބާރުތައް ވަކިކުރެވިފައިވާ ނިޒާމެއް ކަމަށެވެ.

Ad
rt

ރިއްފަތު ވިދާޅުވީ މިނިވަން މުއައްސަސާތަކަކީ ޑިމޮކްރަސީގެ އުސޫލުން ހިންގާ ގައުމަކަށް ވަރަށް މުހިންމު އެއް އަސާސް ކަމަށެވެ. އަދި ގާނޫނުއަސާސީގެ ތެރެއިން އެފަދަ މުއައްސަސާތައް އުފައްދާ ޖަވާބުދާރީކުރުވުމުގެ ބާރު ލިބިފައިވާއިރު،އެ މުއައްސަސާތަކަށް އާންމުންގެ އިތުބާރާއި ޔަގީންކަން ހޯދުމަށްޓަކާ އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ.

ފެހި ގާނޫނު އަސާސީ އަކީ ރާއްޖޭގެ ތާރީހުގައި ތަސްދީގު ކުރެވުނު 7 ވަނަ ގާނޫނުއަސާސީއެވެ. 2008 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުއެވެ. ދައުލަތުގެ ތިން ބާރު ވަކިވެގެން ދިޔައީ މި ގާނޫނުއަސާސީ އާ އެކުއެވެ.