ބަރުލަމާނީ ގަރާރު އަނބުރާ ގެންދަނީ
ވެރިކަންކުރާ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދަަން ނިންމަވައިފިއެވެ. އެމްޑީޕީގެ އިސް ބޭފުޅަކު ވަނީ މިކަން “ތިލަދުން” އަށް ކަށަވަރުކޮށްދީފައެވެ. އޭނާ ވިދާޅުވީ އެގޮތަށް ނިންމެވި ނަމަވެސް ރަސްމީކޮށް އަދި އެ ގަރާރު އަނބުރާ ގެންދަވާފައި ނުވާކަމަށެވެ. ބަރުލަމާނީ ނިޒާމެއް ގެނައުމަށް އެމްޑީޕީ ކޮންގްރެސްއަށް ރުހުން ހޯދަން ނަޝީދު ހުށަހެޅުއްވި ގަރާރާ ރައީސް އިބްރާހިމް މުހައ...