ހުޅުމާލޭގެ އަތިރިމަތިން ނުރައްކާތެރި ބާވަތެއްގެ ޖެލީ ފިޝްތަކެއް ފެނިފައިވާތީ އަތިރިމައްޗާއި މޫދަށްދާ މީހުން އެކަމަށް ސަމާލުވުމަށް އެޗްޑީސީން އެދިއްޖެ އެވެ.

ހުޅުމާލޭގެ އަތިރިމަތިން ފެންނަމުންދަނީ "ބްލޫ ބޮޓަލް" ނަމަކަށް ކިޔާ ބާވަތެއްގެ ޖެލީފިޝްތަކެކެވެ.

Ad
rt

އެޗްޑީސީން ބުނިގޮތުގައި ހުޅުމާލޭގެ އަތިރިމަތިން ވަރަށް ގިނަ އަދަދަކަށް މި ދަނީ ފެންނަމުންނެވެ.

މި ޖެލީ ފިޝް އަކީ އޭގެ ގައިގައި ޖެހިއްޖެ ނަަމަ، އެތަނެއް ވަރަށް ބޮޑަށް ކަހާ ރަތްވެ އެވެ. އަދި އެ ޖެހޭ ހިސާބެއްގައި ރިއްސަ އެވެ.