މާލެ މަގުމަތިން ދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި އަޅާފައި އޮތް ފަށް ފޭރިގަތް މީހާ ހައްޔަރުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަގޮތުގައި މާލޭގެ މަގުމަތިން ދިޔަ އެ އަންހެން މީހާގެ ކަރުގައި އޮތް ފަށް ފޭރިގަތީ ސައިކަލެއްގައި ދިޔަ ދެ ފިރިހެނެކެވެ. އޭގެ ތެރެއިން ފަށް ޖަހައިގަތީ ފަހަތުގައި އިން މީހާއެވެ. އެ ވީޑިއޯއިން ދެމީހުންގެ މޫނު ވެސް ސާފުކޮށް ފެނެއެވެ.

Ad
rt

މި މައްސަލާގައި ސައިކަލު ދުށްވަން އިން މީހާ ވަނީ މީގެ ކުރިން ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ. ފޭރިގަތް މީހާ ހައްޔަރުކުރީ އިއްޔެ އެވެ. ފުލުހުން ބުނީ ހައްޔަރުކުރީ ގދ. ތިނަދޫ، އޯކިޑްމާގޭ މުހައްމަދު ޝަމްލީން، 32، ކަމަށެވެ.

އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު ވަނީ 30 ދުވަސް ދީފަ އެވެ.