17 ރަށެއްގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނީ އެމްޕަވަރމަންޓުން ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފިއެވެ.
އިއްޔެ ކޮންޓެރްކްޓަރުންނާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައިީ ހދ. ވައިކަރަދޫގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ތަރައްޤީކުރުން ހިމެނެއެވެ. މި މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ ލައިކޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
މީގެ އިތުރަށް އއ. ފެރިދޫ، އއ. އުކުޅަސް، ށ.ފޭދޫ އަދި ހދ. ނާވައިދޫގައި ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ގާއިމުކުރުމުގެ މަސައްކަތް ވެސް ވަނީ ހަވާލުކޮށްފައެވެ. އެ ގޮތުން ފެރިދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެލިއޮތު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ފޭދޫ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޓީ.އޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ އާއެވެ. އުކުޅަސް ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސީ.އެމް.އޭ ފައިވް ސްޓާއާއެވެ.
ނާވައިދޫ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރް.ޖީ އިންޓަނޭޝަނަލް އާއެވެ.
ހދ. ނޭކުރެންދޫ އާއި މ.މުލަކު ފުޓްބޯޅަ ދަނޑަށް ޓާފް ސަޕްލައިކޮށް އިންސްޓޯލް ކުރުން ހަވާލުކުރީ އަމީން ކޮންސްޓްރަކްޝަން އާއެވެ. އަދި އއ. ފެރިދޫ، ނ. ލަންދޫ، ނ. ޅޮހި އަދި ށ. ފޭދޫ ފުޓްބޯޅަ ދަނޑުގައި ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމަށް ކޯލައިން މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާއި އެކު ވަނީ ސޮއި ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!