ރާއްޖޭގެ ހަމަޖެހުމަށް ބޭނުންވަނީ ރިޔާސީ ނިޒާމެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި، އެ ޕާޓީގެ ބައެއް މެމްބަރުންނާއި އެކު ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތް ފަށާފައި ވަނިކޮށެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ އިޖްތިމާއީ އަދި ސިޔާސީ ހަމަޖެހުމަށް އެންމެ ރަނގަޅު ގޮތަކީ ރިޔާސީ ނިޒާމު ކަމަށެވެ.
ރިޔާސީ ނިޒާމުގެ ތެރެއިން ރާއްޖޭގެ އިގްތިސާދީ ހަމަޖެހުމަށާއި، އިޖްތިމާއީ ހަމަޖެހުމަށާއި، ސިޔާސީ ހަމަޖެހުމަށް އެންމެ ރަނގަޅު ގޮތަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދިނުން
ރޮޒައިނާ ވިދާޅުވީ ރައީސް ސާލިހު ވެރިކަން ކުރައްވަނީ އެންމެންގެ ލަފާ ހޯއްދަވައިގެން ކަމަށާއި ވަކި މީހަކު ދައްކާ ވާހަކައަށް އެކަނި ބަރޯސާވެގެން ރައީސް ސާލިހު ކަންކަން ނުނިންމަވާ ކަމަށެވެ.
މިސާލެއްގެ ގޮތުގައި ނެންގެވީ ކޮވިޑް-19 ގެ ހާލަތުގައި އެމަނިކުފާނު ކަންކުރެއްވި ގޮތެވެ.
އެގޮތުން ބައެއް ކަންކަން ނުރަނގަޅުކޮށް ހިނގާފައި ހުރި ނަމަވެސް ރާއްޖެ ހިމެނެނީ މުޅި ދުނިޔޭގައި ވެސް އެންމެ ރަނގަޅަށް ކޮވިޑްގެ ކަންކަން މެނޭޖްކުރި ގައުމުތަކުގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!