ދިއްދޫ ޕީއެންސީ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުންދީފި
2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އިންތިޚާބުގައި ވާދަކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހއ. ދިއްދޫގެ ކެންޑިޑޭޓުންގެ ކެމްޕޭން ޕޯސްޓަރުތަކަށް ބަޔަކު އާދީއްތަ ދުވަހު ރޭ ގެއްލުން ދީފިއެވެ. ދިއްދޫ ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕޭން ޕޯސްޓަރަށް ގެއްލުންދީފައި ވަނީ ޕޯސްޓަރުން ދެ ކެންޑިޑޭޓެއްގެ ފޮޓޯ ކަފާލައިގެންނެވެ. ކަފާލާފައި ވަނީ ދިއްދޫ ކައުންސިލްގެ އަންހެން ގޮނޑިއަށް ވާދަކުރާ އެ...