މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ވަރަށް ބާރުމިނުގައި ކުރިއަށްދާކަމަަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީގެން މިހާރު ކުރިއަށްދަނީ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ކަމަށެވެ. މިގޮތުން 48 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކޮށް، އެ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް މިހާރު ދަނީ ހަލުވިކަމާއެކު ކުރަމުންކަމަށް އެ ކުންފުނިން ބުންޏެވެ.
އުމްރާނީ ތަރައްޤީގެ އިތުރު މަސައްކަތްތައް
މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން، ހިނގާ މީހުންނަށް ހާއްސަ ދުވާރުގައި ގާ އެތުރުމުގެ އަމަލީ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން، އެ ސަރަހައްދުގެ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ ގޮތުން ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތުގެ 50 އިންސައްތަ މިހާރު ވަނީ މުޅިން ނިންމާލާފައެވެ.
ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ސެގްމަންޓް އާންމުކޮށް ހުޅުވާލައިފި
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖުމްލަ ދެ ފިޔަވައްސަކަށެވެ. އެމްޓީސީސީން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން، ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރެއެވެ. ފޭސް 1 ގައި ހިމެނޭ ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށްވާ 5 ސެގްމަންޓްގެ ޖުމްލަ ދިގުމިނަކީ 838 މީޓަރެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.
މާލޭގެ މަގުތައް ތަރައްޤީކުރުމަށް ސަރުކާރުން އިތުރު ބޮޑު މަޝްރޫޢެއްވެސް ވަނީ ފަށަން ނިންމާފައެވެ. އެގޮތުން، ޗައިނާ ސަރުކާރުގެ އެހީގައި މާލެ ސަރަޙައްދުގައި މަގު ހެދުމުގެ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، އެކަމުގެ ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު އަންނަނީވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!