އޮޑިދޯނިފަހަރު ބަނުމަކީ ދިވެހިންގެ ހާއްސަ ހުނަރެއް، މި ފޮޓޯއިން އެކަން ފެނޭތަ؟
ޤައުމީ ޔުނިވާސިޓީ، މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން އަންނަ ފެބްރުއަރީ އިންޓޭކްގައި ހިންގާ ކޯސްތައް އިޢުލާންކޮށްފައިވާއިރު، އެތަނުން އެއް ކޯހަކީ ”މާސްޓަރ އޮފް ދިވެހި ލޭންގްއޭޖު އެންޑް ކަލްޗަރ” ކޯހެވެ. ދިވެހި ބަހާއި ސަގާފަތް އުނގަންނައިދޭ މި ކޯހަށް ކުރިމަތިލުމަށް ހުޅުވާލައި ޤައުމީ ޔުނިވަސިޓީންކޮށްފައިވާ އިސްތިހާރުގައި ބޭނުންކޮށްފައި ވަނީ ދިވެހިވަންތަކަމާއި ބީރައްޓެހި، އެހެން ކަރައެއްގެ ކަނޑުއުޅަނދެއްގެ ކުރެހުންކަމުން ބައެއް ފަރާތްތަކުން އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެ...