މިއަދު އަޅުގަނޑުމެން ދަސްކޮށްލާނީ ވަރަށް ފަސޭހައިން ތައްޔާރުކުރެވޭ، ވަރަށް މީރު ބީފް ޓޯޓިލާ ތައްޔާރުކުރާނެ ގޮތެވެ. މިއީ ކޮންމެ ވަގުތެއްގައިވެސް ތައްޔާރުކޮށްލެވޭނެ، އަދި ކޮންމެ މީހަކުވެސް ކާން ބޭނުންވާނެ ކާއެއްޗެކެވެ.
މި ބީފް ޓޯޓިލާ ތައްޔާރުކުރުމަށް ބޭނުންވާނީ:
50 މިލިލީޓަރ އޮލިވް އޮއިލް
1 ފިޔާ
500 ގްރާމް ގްރައުންޑް ބީފް
1 ގްރީން ޕެޕަރ
ބްލެކް ޕެޕަރ
ހޮޓް ރެޑް ޕެޕަރ
ޕައުޑަރ ރެޑް ޕެޕަރ
ލޮނު
4 ޗެޑަރ ޗީޒް ސްލައިސް
ގްރޭޓަޑް ޗެޑަރ ޗީޒް
ބަޓަރު
ތައްޔާރުކުރާނެ ގޮތް
1. އެންމެ ފުރަތަމަ ތަށި ނުވަތަ ފްރައިޕޭން ހޫނުކޮށް، އޮލިވް އޮއިލް އަޅާށެވެ. ދެން ކުދިކޮށް ކަފާފައިވާ ފިޔާ އަޅާ ރަނގަޅަށް ވަޅޯ ނުވަތަ މީރުކުރާށެވެ.
2. ލޮނުމެދު ރަނގަޅަށް ރޯސްޓްވުމުން، ގްރައުންޑް ބީފް އަޅާށެވެ. ދެން މިއާއެކު ބްލެކް ޕެޕަރ، ހޮޓް ރެޑް ޕެޕަރ، ޕައުޑަރ ރެޑް ޕެޕަރ އަދި ލޮނު އަޅާށެވެ. މަސް ރަނގަޅަށް ކުލަ ބަދަލުވަންދެން ބަހައްޓާށެވެ.
3. މަސް ރަނގަޅަށް ކުލަ ބަދަލުވުމުން، ކުދިކޮށް ކަފާފައިވާ ގްރީން ޕެޕަރ އަޅާށެވެ. ރަނގަޅަށް އެއްކޮށް މިކްސްކުރާށެވެ.
ޓޯޓިލާ އެއްކުރުން
4. އެހެން ތަށްޓެއްގައި ބަޓަރު ލައި ހޫނުކުރާށެވެ. ދެން ޓޯޓިލާ ބްރެޑް އަޅާ، އެއްފަރާތުގައި ޗެޑަރ ޗީޒް ސްލައިސް އަދި ގްރޭޓަޑް ޗީޒް އަޅާށެވެ.
5. ޗީޒްގެ މަތިން ތައްޔާރުކޮށްފައިވާ މަސް އަޅާށެވެ. ދެން އަނެއް ފަރާތުގައިވެސް ޗީޒް އަޅާ، ޓޯޓިލާ ބްރެޑް އަނެއް ފަރާތަށް ޖައްސާލާށެވެ.
6. ދެފަރާތް ރަނގަޅަށް ރޯސްޓްވެ، ޗީޒް ވިރުމުން ޓޯޓިލާ ތައްޔާރީއެވެ. ކެއުމަށް ބޭނުންވާ ސައިޒަށް ކަފާލާށެވެ.
މި ބީފް ޓޯޓިލާއަކީ ވަރަށް ފަސޭހައިން ތައްޔާރުކުރެވޭނެ، އަދި ހަމަ އެހާމެ ރަހަމީރު ކާއެއްޗެކެވެ. ޢާއިލާއާއެކު ނުވަތަ ރައްޓެހިންނާއެކު ހިއްސާކުރުމަށް ވަރަށް ރަނގަޅު ވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!