ރައްކާތެރި ވުމަށް ފްލައިޓްތައް އައުން ހުއްޓާލާނަމަ ހުރިހާ ޤައުމަކުން އައުން ހުއްޓާލަންޖެހޭ: މަޖިލިސް ރައީސް
ކޮވިޑް-19 އިން ރައްކާތެރި ވުމަށް ފްލައިޓްތައް އައުން ހުއްޓާލާނަމަ ހުރިހާ ޤައުމަކުން އައުން ހުއްޓާލަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ރިޔާސަތުގައި އިންނަވައި ވާހަކަ ދައްކަވަމުންނެވެ. ކޮވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވަން، އެ ބަލި ފެތުރޭ ގައުމުތަކުން ރާއްޖެއަށް މީހުން އައުން ވަގުތީ ގޮތުން ހުއްޓުވާފައި އޮތް އޮތުމާ ދެކޮޅު ހަދައި ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު ރައްޔި...