ކޮވިޑް-19 އިން ރައްކާތެރި ވުމަށް ފްލައިޓްތައް އައުން ހުއްޓާލާނަމަ ހުރިހާ ޤައުމަކުން އައުން ހުއްޓާލަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ރިޔާސަތުގައި އިންނަވައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ކޮވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވަން، އެ ބަލި ފެތުރޭ ގައުމުތަކުން ރާއްޖެއަށް މީހުން އައުން ވަގުތީ ގޮތުން ހުއްޓުވާފައި އޮތް އޮތުމާ ދެކޮޅު ހަދައި ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ކުއްލިމައްސަލައެއް ހުށަހަޅުއްވާފައެވެ.

އެމައްސަލައަށް ބަހުސްކުރެއްވި މެމްބަރުންގެ ތެރެއިން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް، އެ އެމައްސަލައަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވައި ބަހުސް ނިންމާލެއްވުމުން ރިޔާސަތުން މަޖިލިސް ރައީސް، ރައީސް ނަޝީދު ވިދާޅުވީ އެބަހުސްގައި އޮތް ދެފަރާތް ފާހަގަ ކުރަން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑު ބޭނުން މިތަނުގައި ވަރަށް އެނގެން މިކަމުގައި ރަނގަޅު ބަހުސެއް ހިނގުން. އެއްފަރާތުން މިދެކެވޭ ގޮތަކީ ހިފެހެއްޓުން. ހިފަހައްޓައިގެން މީގެން އަރައިގަނެވިދާނެ ކަމަށް ދެކެވޭ ދެކުމެއް. ސުވާލަކީ އަޅުގަނޑުމެންނަށް ހިފެހެއްޓޭނެތޯއޭ މިރޯގާ ފެތުރުނަނުދީ. ކޮންމިންވަރަކަށް ތޯއޭ، ކޮން ޤައުމެއްގައި ތޯއޭ ހިފެހެއްޓިފައި ހުރީ، ކޮން ޤައުމެއްގައިތޯއޭ މިކަންވާން އޮތީ، ހިފަހައްޓަން އުޅެގެން ނުހިފެހެއްޓިގޮސް ދެން ހިފަހައްޓަންއުޅެގެން ނުހިފެހެއްޓިގޮސް ޝިފާއެއް، ނުވަތަ ބަލިން ފަރުވާ.. މިބަލީގެ މަރުވާ މީހުންގެ ޢަދަދު ނުވަތަ ބަލީގެ ފަރުވާ ވަރަށް އަވަސް. އަދި މަރުވާ މީހުންގެ އަދަދު ވަރަށް މަދު. ދެން ބަލީގެ ފަރުވާއެއް ހޯދަން، ޝިފާއެއް ހޯދަން ނުވަތަ ބަލި ޖެހުނަ ނުދިނުމަށް ދެން ކުރެވެން ހުރި ހުރިހާ މަސައްކަތެއްގައިތޯ އަޅުގަނޑުމެން އުޅެންވީ؟" މަޖިލިސް ރައީސް، ރައީސް ނަޝީދު ވިދާޅުވިއެވެ.

" ކުއްލި މައްސަލާގައި އޮތީ އިޓަލީން ބޯޓުއައުން ހުއްޓުވާލުން ރަނގަޅު ނޫންކަމަށާއި، އެބޯޓަށް ރާއްޖެ އާދެވެން ޖެހޭނެކަމަށް ދެކެވޭ ދެކުމެއް. މީގަ ފާހަގަވަނީ އިޓަލީން ބޯޓުދޭ އިނގިރޭސި ވިލާތަށް، ޖަރުމަނަށް، ޔޫރަޕްގެ އެހެން ގައުމުތަކަށް އަދި ޔޫރަޕްގެ އެޤައުމުތަކުން ރާއްޖެއަށް ބޯޓުއާދޭ. ހުއްޓާލަންޏާ އެބަސާފުވޭ ހުއްޓާލަން މިޖެހެނީ މުޅި ހުރިހާ ކަމެއްކަން. ހުއްޓާލަންޏާ ހުއްޓާލަންޖެހެނީ ހުރިހާ ޤައުމަކުން އައުންކަން."

" ކުއްލި މައްސަލާގައި އޮތީ އިޓަލީން ބޯޓުއައުން ހުއްޓުވާލުން ރަނގަޅު ނޫންކަމަށާއި، އެބޯޓަށް ރާއްޖެ އާދެވެން ޖެހޭނެކަމަށް ދެކެވޭ ދެކުމެއް. މީގަ ފާހަގަވަނީ އިޓަލީން ބޯޓުދޭ އިނގިރޭސި ވިލާތަށް، ޖަރުމަނަށް، ޔޫރަޕްގެ އެހެން ގައުމުތަކަށް އަދި ޔޫރަޕްގެ އެޤައުމުތަކުން ރާއްޖެއަށް ބޯޓުއާދޭ. ހުއްޓާލަންޏާ އެބަސާފުވޭ ހުއްޓާލަން މިޖެހެނީ މުޅި ހުރިހާ ކަމެއްކަން. ހުއްޓާލަންޏާ ހުއްޓާލަންޖެހެނީ ހުރިހާ ޤައުމަކުން އައުންކަން." އެމައުލޫގައި އިތުރަށް އެމަނިކުފާނު ވިދާޅުވިއެވެ.

" ބަލި މަޑު، ބަލި ރަމްޒީގޮތުން ހުއްޓާލާ ހުއްޓާލުމެއް ނޫންގޮތުގައި މިވައިރަސް އަޔަނުދިނުމަށް ހުއްޓާލާކަމަށް ވަނީވިއްޔާ އެބަ ހުރިހާ ތަނަކުން ހުއްޓާލުމުގެ މިންވަރަށް ދާންޖެހޭ. ސުވާލަކީ ކަރަންޓީން ކިތައް މީހުން ކުރެވިދާނެ ތޯއޭ؟ އަމިއްލަ ގޭގައި ފަރުވާދީގެން އަޅުގަނޑުމެންނަށް މީގައި ގޮތްތަކެއް ހޯދިދާނެ ތޯއޭ؟ ކޮލަރާ ބަލި ފެތުރިގެން ދިޔައިރު އެގާރަހާސް އެތައް ބަޔަކަށް ކޮލެރާ ޖެހުނު، ދުއިއްސައްތަ އެތައް ބަޔަކު މަރުވި. ދެން އެފެތުރުނު މިންވަރު ހުރިހާ އަތޮޅަކަށް ރަށަކަށް ފެތުރުނު ވ. އަތޮޅު ފިޔަވާ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައި ވަނީ އއ. ބަތަލާ ރިސޯޓްގައި ތިބި ދެ ޓޫރިސްޓުންނަށާއި ޅ. ކުރެއްދޫ ރިސޯޓުގެ ދެ ބިދޭސީ މުވައްޒަފަކަށެވެ. އެ ދެ ރިސޯޓު ވެސް ވަނީ މީހުން އަރާ ނުފޭބޭ ގޮތަށް ބަންދުކޮށްފަ އެވެ. ކުރެއްދޫ ރިސޯޓްގައި 93 މީހަކު ރޫމް ކަރަންޓީނުކޮށްފައިވާއިރު ބަތަލާގައި 11 މީހަކު ވަނީ ރޫމް ކަރަންޓީނުކޮށްފަ އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ކުރެއްދޫއަށް އޮރެންޖް އެލާޓް ނެރެ، އިޓަލީ އާއި ޗައިނާ އިން މީހުން އައުން ވަނީ މަނާކޮށްފަ އެވެ. މި ވަގުތު އެންމެ ބޮޑަށް ވައިރަސް ފެތުރެމުން ދަނީ އިޓަލީންނެވެ. އަދި މި ވައިރަސް އެންމެ ފުރަތަމަ ފެނި ގިނަ ބަޔަކު ޕޮޒިޓިވް ވެފައި ވަނީ ޗައިނާ އިންނެވެ.