ސަޢުދީއަރަބިއްޔާގެ ޤާޠިފް ޞަރަޙައްދު ކަރަންޓީން ކުރަން ނިންމައިފިއެވެ.

ސަޢުދީޢަރަބިއްޔާގެ ދައުލަތުގެ މީޑިއާއިން ބުނާ ގޮތުގައި، އެޤައުމުގެ ސަރުކާރުން މިއަދު ވަނީ އެޤައުމުގެ އިރުމަތީ ޕްރޮވިންސްގެ ޤާޠިފް ޞަރަޙައްދު "ލޮކްޑައުން"ކޮށް ކަރަންޓީން ކުުރުމަށް ނިންމާފައެވެ.

Ad
rt

އެގޮތަށް ސަރުކާރުން ނިންމާފައިވަނީ އެ ޞަރަޙައްދުން 11 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހިފެހެއްޓުމެއްނެތި ފެތުރިދާނެކަމުގެ ބިރު އޮތުމުންކަމަށްވެއެވެ.

ޤާޠިފް ޞަރަޙައްދުގެ ސަރުކާރު އޮފީސްތަކާއި، ޢާންމު ޚިދުމަތްދެ ތަންތަންވެސް މުއްދަތެއް ނެތްގޮތައް މިހާރު ވަނީ ބަންދުކޮށްފައެވެ. އެހެންނަމަވެސް ވިޔަފާރި ޙަރަކާތްތައް އަދި ހުއްޓުވާފައެއް ނުވެއެވެ.

ޤާޠިފް ޞަރަޙައްދަކީ 500،000 މީހުންގެ އާބާދީއެއް އޮންނަ ސަރަޙައްދެކެވެ.

ކޮވިޑް-19 މިހާތަނަށްވަނީ 109681 މީހުންނަށް ޖެހިފައެވެ. އެވައިރަސްގެ ސަބަބުން 3802 މީހުން ވަނީ މަރުވެފައެވެ. އެވައިރަސް ޖެހުނު މީހުންގެ ތެރެއިން 60956 މީހުންވަނީ ރަނގުވެފައެވެ. އެވައިރަސްވަނީ ދުނިޔޭގެ 104 ސަރަހައްދަކަށް ފެތުރިފައެވެ.