އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ހދ. ނޮޅިވަރަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުކުރާ 5 ގޮނޑީގެ ތެރެއިން 4 ގޮނޑި، ކުރިމަތިލީ ކެނޑިޑޭަޓުންނަށް ކަށަވަރު ވެއްޖެއެވެ.
ނޮޅިވަރަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 5 ގޮނޑީގެ ތެރެއިން 4 ގޮނޑި ކަށަވަރުވީ އެމްޑީޕީގެ 2 ކެނޑިޑޭޓުންނަށާއި، ޕީޕީއެމް 2 ކެނޑިޑޭޓުންނަށެވެ.
އެމްޑީޕީން ދެގޮނޑި ކަށަވަރުކުރީ، ޢާއިޝަތު އާދަމް، ވެސްޓްސައިޑް/ހދ. ނޮޅިވަރަން އަދި ޙައްވާ ޒާހިރާ، އިޙްސާސް/ހދ. ނޮޅިވަރަން އެވެ.
ޕީޕީއެމުން ދެގޮނޑި ކަށަވަރުކުރީ، ފާޠިމަތު އާދަމް، ވެސްޓްސައިޑް/ހދ. ނޮޅިވަރަން އަދި އަހުމީމާ މުޙައްމަދު، ބަނަފްސާގެ/ހދ. ނޮޅިވަރަންއެވެ.
އެ 4 ކެނޑިޑޭޓުންނަށް ގޮނޑިތައް ކަށަވަރުވީ، ނޮޅިވަރަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ ޢަދަދަށްވުރެ މަދުން ކަމަށް ވާތީއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް 04 ވާ ހޮނިހިރު ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!