ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ގެ އަލާމާތްތައް ހުރެގެން ރާއްޖޭން މިހާތަނަށް ޓެސްޓްކުރި މީހުންގެ ތެރެއިން ރިސޯޓެއްގެ ދެ މުވައްޒަފަކު އެ ބައްޔަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކުރެއްދޫން ބައްޔަށް ޝައްކުވާ ބަޔަކު ޓެސްޓްކުރާ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ މީހަކު އެނބުރި ދިއުމަށް ފަހު، އޭނާ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެންގި ހިސާބުން. ކުރެއްދޫން އެ ރިސޯޓުގެ ޑޮކްޓަރާއި އިތުރު މީހަކު އިއްޔެ ކަރަންޓީނުކޮށް މިހާރު ވަނީ ފަރުކޮޅުފުށީ ކަރަންޓީން ފެސިލިޓީ އަށް ގެންގޮސްފައި.

Ad
rt

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ނޫސް ކޮންފަރެސްގައި އިއުލާން ކުރައްވަމުން ވިދާޅުވިއެވެ.

ޕްރެންސް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވާ ޑޮކްޓަރުން ވިދާޅުވީ މިހާރު ރާއްޖޭން ބަލި ފެނިފައި ވާތީ، ރާއްޖޭގެ އެހެން ރަށަކުން ވެސް ބަލި ފެނުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެހެންވެ ރޯގާގެ އަލާމާތެއް ފެނިއްޖެ ނަމަ ޑޮކްޓަރަށް ދައްކަންޖެހޭނެ ކަމަށް. ގިނައިން އަތް ދޮވުމާއި ކެއްސައި ކިނބިހި އަޅާއިރު އަނގަ އާއި ނޭފަތް ނިވާކުރުމަށާއި ބޭނުންކުރާ ޓިޝޫ ފަދަ ތަކެތި ހާމަކޮށް ތަންތަނަށް އުކާނުލުމަށް އެދިވަޑައިގެންނެވި އަދި މިހާރު ކަނޑައަޅާފައިވާ ގޮތުން، ބަލި ފެންނަ ކޮންމެ ރަށެއް ކަރަންޓީނުކުރާނެކަމަށް ވިދާޅުވިއެވެ.

މިހާރު ދަރުބާރުގައި ކުރިއަށްދާ ޕްރެންސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ، މި ހާލަތުގައި ރައްޔިތުން ޕެނިކް ނުވެ، ކެތްތެރިކަމާ އެކު މިކަމާ ކުރިމަތިލައި، އެންމެންނަށް ވެސް ލުއިފަސޭހަވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ.

ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި ދެ މީހުންނަކީ ވެސް ރިސޯޓްގެ ބިދޭސީ ދެ މުވައްޒަފުން ކަމަށާއި ގައުމު ހާމަ ކުރެވެން ނެތް ކަމަށެވެ. އަދި އެއީ ދިވެހިން ނޫން ކަމަށް ޔާޤީންކޮށްދެއްވިއެވެ. އެތާ ވަޒީފާ އަދާކުރައްވާ ދެ ބިދޭސީންކަމަށާއި އެއީ އަންހެނެއްތޯ ނުވަތަ ފިރިހެނެއް ކަމެއްވެސް ވިދާޅެއްނުވިއެވެ.

އެ ރިސޯޓުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ދާކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ކުރެއްދޫގެ މުވައްޒަފުންވެސް ކަންބޮޑުނުވުމާއި ބިރުނުގަތުމަށް އިލްތިމާސް ކުރެއްވި އެވެ. މިރޭ ޕޭޝަންޓް އަށް މަޢުލޫމާތު ދެއްވާފައިވާނީ މިރޭ ކަމަށް ވިދާޅުވިއެވެ.

މިވަތުރު އައިސޮލޭޓްކޮށްފަ ތިބި ދެމީހުންގެ ހާލު މިވަގުތު ރަންގަޅު ކަމަށް ވިދާޅުވިއެވެ. ސަމާ އައިލެންޑްއިން4 ފަރާތެއް ޓެސްޓް ކުރެވެމުން ދާކަމަށް އަމީން ވިދާޅުވިއެވެ.

މިރޭ ވަޒީރުންގެ މަޖިލިސްއަށް ފަހު އިތުރު ޕްރެސްއެއް ބާއްވާނެކަމަށް ވިދާޅުވެ ޕްރެސް ނިންމާލައިފިއެވެ.