ށ. ފޯކައިދޫގައި ހުރި ދިވެއްސެއް މޮނިޓަރކޮށް، ޓެސްޓު ހެދުމަށް ފަރުކޮޅުފުއްޓަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސެއް ށ.ފޯކައިދޫއިން ފަރުކޮޅުފުއްޓަށް މޮނިޓަރކޮށް، ޓެސްޓު ހެދުމަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މި މީހާއަކީ ކުރެއްދޫ ރިސޯޓްގެ މުވައްޒިފެއްކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.
#ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސެއް ށ.ފޯކައިދޫއިން ފަރުކޮޅުފުއްޓަށް މޮނިޓަރކޮށް، ޓެސްޓު ހެދުމަށް ގެނައުމުގެ މަސައްކަތް ކުރަމުންދަނީ. މި މީހާއަކީ ކުރެއްދޫ ރިސޯޓްގެ މުވައްޒިފެއް.
މިކަމުގެ އިތުރު މައުލޫމާތު ޙިއްސާ ކުރަމުންދެވޭނެ.
— Health Protection Agency (@HPA_MV) March 8, 2020
މިކަމުގެ އިތުރު މައުލޫމާތު ޙިއްސާ ކުރަމުން ގެންދަވާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
ހޮނިހިރު ދުވަހުގެ ރޭގަނޑު 8 ޖެހުމާއި ހަމައަށް ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވިފައިވަނީ 33 ފަރާތެއްކަމަށް ރޭ އެޗްޕީއޭ އިން ބުނެފައިވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ބަލި ޖެހިފައިވާ ދެ މީހަކު ދިވެހިރާއްޖެއިން ފެނިއްޖެކަމަށް އިޢުލާންކޮށް އެޗްޕީއޭއިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ޓެސްޓުކުރި 33 މީހުންގެ ތެރެއިން މިހާތަނަށް 31 ފަރާތެއް ނެގެޓިވްވެފައިވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!