ކ. އަތޮޅު ޒިޔާރަތް ފުށީގައި ތަރައްޤީކޮށްފައިވާ ސަމަރ އައިލެންޑް ރިސޯޓުން ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސާމްޕަލް ނަގާ ޓެސްޓްކުރި 7 މީހުން އެވައިރަސްއަށް ނެގެޓިވު ވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސަމަރ އައިލަންޑް ރިސޯޓުން ސާމްޕަލް ނަގާ ޓެސްޓްކުރި 7 މީހުން ވަނީ ކޯވިޑް19 އަށް ނެގަޓިވް ވެފައި ކަމަށެވެ.
#ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސަމަރ އައިލަންޑް ރިސޯޓުން ސާމްޕަލް ނަގާ ޓެސްޓްކުރި 7 މީހުން ވަނީ #ކޯވިޑް19 އަށް ނެގަޓިވް ވެފާ.
ޓެސްޓްގެ ނަތީޖާއާއި ވިދިގެން، ސަމަރ އައިލަންޑް ރިސޯޓަށް އަރާ ފޭބުމުގެ އެއްވެސް ހުރަހެއް ނެތްކަމަށް އަންގަން.
— Health Protection Agency (@HPA_MV) March 7, 2020
އެހެން ކަމުން ޓެސްޓްގެ ނަތީޖާއާއި ވިދިގެން، ސަމަރ އައިލަންޑް ރިސޯޓަށް އަރާ ފޭބުމަށް އެއްވެސް ހުރަހެއް ނެތްކަމަށް އަންގާ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ކޮވިޑް-19 ގެ އަލާމާތްތައް ހުރެގެން ރާއްޖޭން މިހާތަނަށް ޓެސްޓްކުރި މީހުންގެ ތެރެއިން ރިސޯޓެއްގެ ދެ މުވައްޒަފަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށް ސަރުކާރުންވަނީ މިރޭ ހާމަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!