އއ. އަތޮޅު ބަތަލާ އައިލަންޑް ރިސޯޓަށް އަރާ ފޭބުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.

އެކަމާ ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ބަތަލާ އައިލަންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީވިލާތުގެ ފަތުރުވެރިއެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން މޮނިޓަރކުރުމާއި، ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

Ad
rt

އެގޮތުން ޝައްކު ކުރެވޭ މީހަކު ފެނުމުން އަމަލު ކުރަން އޮންނަގޮތުގެ މަތިން އެރަށަށް އަރައި ފައިބާ ހެދުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށާއި، މިކަމުގެ އިތުރު މައުލޫމާތު ޙިއްސާ ކުރާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކޯވިޑް-19 ގެ އަލާމާތްތައް ހުރެގެން ރާއްޖޭން މިހާތަނަށް ޓެސްޓްކުރި މީހުންގެ ތެރެއިން ރިސޯޓެއްގެ ދެ މުވައްޒަފަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށް ސަރުކާރުންވަނީ މިރޭ ހާމަކުރައްވާފައެވެ.