ރޭގެ 8 ޖެހުމާއި ހަމައަށް ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވިފައިވަނީ 33 ފަރާތެއްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ބަލި ޖެހިފައިވާ ދެ މީހަކު ދިވެހިރާއްޖެއިން ފެނިއްޖެކަމަށް އިޢުލާންކޮށް އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޓެސްޓުކުރި 33 މީހުންގެ ތެރެއިން މިހާތަނަށް 31 ފަރާތެއް ނެގެޓިވްވެފައިވާކަމަށެވެ.

Ad
rt

މިވަގުތު ބަލިން ރައްކާތެރިވުމުގެ ގޮތުން، ޢާންމު ސާފުތާހިރުކަން ކަށަވަރު ކުރުމަށް ޚާއްޞަ ސަމާލު ކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި، މި ބައްޔަށް ޝައްކުކުރެވޭ އެއްވެސް އަލާމާތެއް ފެނިއްޖެ ހާލަތެއްގައި، ލަސް ނުކުރައްވައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) ގެ ހޮޓްލައިން 1676 އަށް ގުޅުއްވުން އެދެއެވެ. މީގެ އިތުރުން، ސިއްހީދާއިރާއިންނާއި ކަމާބެހޭ ސަރުކާރުގެ އެހެންފަރާތްތަކުން މިކަމާގުޅިގެން އާއްމު ފަރާތްތަކަށް ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރެއްވުމަށްވެސް ދަންނަވާފައިވެއެވެ.