ކުރިއަށް އޮތް ލޯކަލް ކައުންސިލަކުގެ އިންޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތައް އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު ނުބޭއްވޭ ފަދަ މާހައުލެއް އުފެދިއްޖެ ކަމަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އަންގާފައި ނުވާކަމަށް އިލެކްޝަންސް ކޮމިސަން އޮފް މޯލްޑިވްސް (އީސީ) އިން ބުނެފިއެވެ.
04 April ga LCE aai WDCE nubehveyne fadha maahaul eh ufedhihje kamah dhaulathu ehves muassassa akun EC ah angaafa nuvey
— Elections Commission (@ElectionsMv) March 7, 2020
އީސީއިން އެގޮތަށް ބުނީ މިއަދު ކުރި ޓުވީޓެއްގައިއެވެ. ރާއްޖެއަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ ދެ ރިސޯޓަކާއި، ރަށަކަށް މީހުން އަރައި ފޭބުން ސަރުކާރުންވަނީ ވަގުތީގޮތުން މަނާކޮށްފައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލަކުގެ އިންޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތައް އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ މިފެށޭ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!