ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކާޑުގެ ސްޓޮކް އެބަހުރި ކަމުގައި އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން އަމުރު ވިދާޅުވެއްޖެއެެވެ.
މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސް އެއްގައި އަމްރު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އެހެނިހެން އަސާސީތަކެތި ދަތި ނުވެ ލިބޭނެކަމަށެވެ. އެހެންކަމުން ގިނަ އަދަދަށް ކުއްލިއަކަށް ކާޑުގެ ބާވަތްތައް ގަނެ ޖަމާނުކުރުމަށް އެދޭ ކަމަށެވެ.
ކޮންމެ ސިޓިން ރޫމަކީ ކާޑު ގުދަނަކަށް ނުހައްދަވާ، ކޮޓަރިއަކީ ކަންމަތީ ފިހާރައަކަށް ނުހައްދަވާ، ޕެނިކްވެގެން ރަށްރަށުގަ ހުރި ކާޑު އެންމެ ގެއަކަށް ވެއްދުމަކީ އިންސާފުވެރިގޮތެއްނޫން،
ކުރިން ދުވަހުގެ ނޫސްކޮންފަރެންސައި ވިދާޅުވިބަސް ތަކުރާރު ކުރައްވާ އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ، އެސްޓީއޯއިން ވިއްކާ ހޭންޑް ސެނިިޓައިޒަރއަކީ، ހޮސްޕިޓަލްތަކާއި އެފަދަ އިދާރާތަކަށް ޚާއްސަ ތަކެތި ކަމުން އާއްމުކޮށް އެބާވަތުގެ ހޭންޑްސެނިޓައިޒަރ ވިއްކުން މަޑުޖައްސާލާފައި ވާކަމަށެވެ. އަދި މިވަގުުތު ސާޖިކަލް ފޭސް މާސްކު ވިއްކުންވެސް ވަނީ ކޮންޓްރޯލްކޮށްފައިކަމަށް އަމުރު ވިދާޅުވިއެވެ.
އެހެންނަމަވެސް އާއްމުކޮށް މާސްކު އަޅައިގެން އުޅުމަށް ޑރ ލަފާދެއްވާފައިވާ މީހުންނަށް ދަތިނުވެ މާސްކު ލިބޭނެކަމުގައި އަމްރު ވިދާޅުވިއެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި އެމްއެންޑީއެފުން ވިދާޅުވީ، އެމްއެންޑީއެފްގެ ދައުރަކީ، ސީއެމްބިއުލާންސްގައި ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލައިދިނުން ކަމަށެވެ. މިގޮތުން، އެކަމަށް ބޭނުންވާ ތަކެތި އިންޑިއާއިންވެސް ލިބިފައިވާ ކަމަށެވެ.
ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވް ދެމީހުން މިހާރު ވަނީ، ފަރުކޮޅުގައި ކަރަންޓީންކޮށްފައެވެ. އަދި އިތުރު 4 މީހެއްގެ ޓެސްޓްތައް ދަނީ ހަދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!