ކޯވިޑް-19 ގެ ސަބަބުން މުޅި ރާއްޖޭގައި ރައްކާތެރި ކަމުގެ ހާއްސަ ފިޔަވަޅު އަޅާފައިވާ މި ވަގުތު ގައި ހދ. ނޭކުރެންދޫ ކޯވިޑް-19 ޓާސްކް ފޯހުގެ ހުއްދަ ނުހޯދައި އެރަށަށް އެރި ބަޔަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ރޭ 2:28 ހާއިރު ހދ. މަކުނުދޫ އިން ތިން މީހުންނާއެކު ފުރައިގެން ދިޔަ ޑިންގީއެއް ހުއްދަނެތި އެއަތޮޅު ނޭކުރެންދޫ އަށް ކައިރިކޮށް، ސިއްރުން އެ ރަށަށް އަރަން އުޅުނު މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.
Three men who secretly went from HDh.Makunudhoo to HDh.Neykurendhoo without the permission of the task forces have been arrested.
They were caught red handed by #NeykurendhooPolice who were patrolling the island at that time.
The case is under investigation.#COVID19Maldives
— Maldives Police (@PoliceMv) May 3, 2020
މި މައްސަލައާއި ގުޅިގެން ތިން މީހުން ހައްޔަރުކޮށްފައިވާކަމަށާއި، އެއީ އުމުރުން 25 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
މި ތިންމީހުން ފެނިފައިވަނީ ނޭކުރެންދޫ ޕެޓްރޯލު ކުރަމުންދިޔަ ފުލުހުންނަށް ކަމަށާއި އެ މީހުން ނޭކުރެންދޫ އަށް އަރަން އުޅުނީ ރަށުގެ ފުއްޓަރި ފަރާތު ފަޅުތެރެއަށް ޑިންގީ ކައިރިކޮށްގެން ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!