ރަމަޟާން މަހު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެއްހުމަށް އަރަބި ދެ ޤައުނަކުން ހަދިޔާ ކޮށްފައިވާ ކަދުރާއި މިހާތަނަށް ހަވާލު ނުވާ ކައުންސިލް ތަކުން އަންނަ ހޯމަ، މެއި 11 ގެ މެންދުރު 12 ގެ ކުރިން ކަދުރާ ހަވާލުވާން މީހަކު ފޮނުވައި ދިނުމަށް އިސްލާމިކް މިނިސް ޓްރީއިން އެދިއްޖެއެވެ.
އެ މިނިސްޓްރީއިން ކުރި ޢިއުލާނެއްގައި ބުނީ މިހާރު ކަދުރު ޙަވާލުވުމަށް ބޭފުޅަކު ފޮނުއްވާފައި ނުވާ ކައުންސިލްތަކުން، 11 މެއި 2020 (18 ރަމަޟާން 1441) ވާ ހޯމަ ދުވަހު 12:00 ގެ ކުރިން މާލޭގައި ހުންނެވި ބޭފުޅަކު ހަމަޖެއްސެވުމަށްފަހު، އެނިސްޓްރީއަށް ކަދުރާއި ޙަވާލުވުމަށް ފޮނުއްވުމަށް އެދި ދަންނަވާ ކަމަށެވެ.
މުޅި ރާއްޖެއަށް ކާބޯތަކެތި ލިބުން ދަތިވެފައިވާ މިފަދަ ދަނޑިވަޅެއްގައި، މި މުއްދަތުގެ ތެރޭގައި ވީހާވެސް ގިނަ ކައުންސިލްތަކުން ކަދުރާ ޙަވާލުވެ، ރައްޔިތުންނަށް ކަދުރު ފޯރުކޮށްދިނުމަކީ އެ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި، އަދި މިކަން ކައުންސިލްތައް މެދުވެރިކޮށް ހަމަޖައްސަވައި ދެއްވުމަށް
އެ މިނިސްޓްރީން އިލްތިމާސްކުރާ ކަމަށްވެސް އެ ޢިއުލާނުގައި ވެއެވެ.
މިގޮތުން، މި މުއްދަތުގެ ނިޔަލަށް ނުގެންދަވާ ހުންނަ ކަދުރުތައް މަސައްކަތުގެ ގޮތުން އެކަހެރިވެފައިތިބި މީހުން ތިބި ފެސިލިޓީތަކަށާއި، ކަރަންޓީނުކޮށްފައި އަދި އެކަހެރިކޮށްފައި މީހުން ތިބި ފެސިލިޓީތަކަށާއި، އަދި މީގެ އިތުރުން ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ޙާލުގައި ޖެހިފައިވާ ބިދޭސީން ތިބި ފެސިލިޓީތަކަށް ދިނުމަށް އެ މިނިސްޓްރީން ނިންމާފައިވާ ވާކަމަށްވެސް އެ ޢިއުލާނުގައި ވެއެވެ.
އެ މިނިސްޓްރީއިން ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ބަލިމަޑުކަން ރާއްޖޭގައިވެސް ހަލުވިކަމާއެކު ފެތުރެމުންދާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، 1441 ވަނަ އަހަރުގެ ރަމަޟާން މަހު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެއްސެވުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންނާއި، ޔުނައިޓަޑް އަރަބް އެމިރޭޓްސްގެ ޚަލީފާ ބިން ޒައިދު އަލް ނަޙްޔާން ފައުންޑޭޝަނުން
ދެއްވާފައިވާ ކަދުރު، މަސައްކަތުގެ ގޮތުން އެކަހެރިވެފައިތިބި މީހުން ތިބި ފެސިލިޓީތަކަށާއި، ކަރަންޓީނުކޮށްފައި އަދި އެކަހެރިކޮށްފައި މީހުން ތިބި ފެސިލިޓީތަކަށާއި، އަދި މީގެ އިތުރުން ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ޙާލުގައި ޖެހިފައިވާ ބިދޭސީން ތިބި ފެސިލިޓީތަކަށް ދިނުމަކީ މި ޙާލަތުގައި މުހިންމު ކަމެއް ކަމެއްކަމުގައި އެ މިނިސްޓްރީން ދެކޭކަމަށެވެ.
ރާއްޖެއިން މިހާތަނަށް 527 މީހުންނަށް ކޯވިޑް-19 ޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!