ރައްޔިތުންނަށް ލުއި ދިނުމުގެ ގޮތުން ހދ. ނޭކުރެންދޫ ކައުންސިލުން ނަގަމުން ދިޔަ ފީތައް މި މޭމަހަށް މާފުކޮށް ދީފިއެވެ.
މިގޮތުން އެ ކައުންސިލުން ވަނީ ކުނި އުކާލަން ރަޖިސްޓަރީ ކޮށްފައިވާ ގޭބިސީތަކުންނާއި، އަދި އެ ކައުންސިލްގައި ރަޖިސްޓަރީ ކޮށްފައިވާ އެރަށުގެ ވިޔަފާރިތަކުން ނަގާ ކުނި އުކާލަ ދިނުމުގެ ފީ މިމަހަށް މާފު ކޮށްދީފައެވެ.
މީގެ އިތުރުން އެކައުންސިލުން ދޫކޮށްފައިވާ އެރަށުގެ ދަނޑު ބިންތަކުގެ ކުލިވެސް މި މަހަށް ވަނީ މާފުކޮށް ދީފައެވެ.
ނޭކުރެންދޫ ޕްރީސްކޫލްގެ ދަރިވަރުންގެ ބެލެނިވެރިން އަތުން ނަގާ މޭ މަހުގެ ފީވެސް އެކައުންސިލުން މައާފު ކޮށްދީފައެވެ.
ރާއްޖެއިން ކޯވިޑަށް މިހާތަނަށް 557 މީހުން ޕޮޒިޓިވް ވެފައިވާއިރު އެބަލިން 17 މީހަކު ރަނގަޅުވެ، އެކަކު ވަނީ އެބަލީގައި ނިޔާވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!