Skip to main content

ޝިއުނާ އާދަމް

Contributor
🇲🇻 ތިލަދުން Desk
2,141 Stories
1,757 Reads

Published on ތިލަދުން (Thiladhun) by ޝިއުނާ އާދަމް

ކޯވިޑް-19: ނަރުދޫން އިތުރު 2 މީހުން ޕޮޒިޓިވް ވެއްޖެ
Thiladhunmathi News

ކޯވިޑް-19: ނަރުދޫން އިތުރު 2 މީހުން ޕޮޒިޓިވް ވެއްޖެ

ށ. ނަރުދޫން އިތުރު 2 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ރަށަށް އަންގައިފި އެވެ. މި 2 މީހުން ޕޮޒިޓިވް ވުމުން މިހާރު އެރަށުން ޕޮޒިޓިވްވި، މީހުންގެ ޢަދަދު ޖުމްލަ 10 އަށް އެރީއެވެ. އެރަށުން އިތުރަށް ޕޮޒިޓިވްވެފައި ވަނީ އަންހެނަކާއި އޭނާގެ 16 އަހަރުގެ ފިރިހެން ދަރިފުޅެވެ. އެ އަންހެން މީހާއަކީ މީގެ ކުރިން އެރަށުން ބައްޔަށް ޕޮޒިޓިވްވި މީހެއްގެ އަންހެނުންނެވެ. ރޭ ޕޮޒިޓިވް […]

ވެއްޓިފައި އޮތް އަންހެނަކު އައިޖީއެމްއެޗްއަށް ގެންގޮސްފި
Raajje

ވެއްޓިފައި އޮތް އަންހެނަކު އައިޖީއެމްއެޗްއަށް ގެންގޮސްފި

މާލެ ސިޓީގެ ޗަމްޕާ މަގަށް ވެއްޓިފައި އޮތް 18 އަހަރުގެ ދިވެހި އަންހެންހެނަކު ފުލުހުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފިއެވެ. ފުލުހުން ބުނީ 2 މޭ 2020 ވަނަ ދުވަހު 3:30 ހާއިރު ޗަމްޕާ މަގުގައި އަންހެނެއް ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި ފުލުހުން އެވަގުތު އެ ސަރަހައްދަށް ދިޔަކަމަށާއި، އެވަގުތު އެމްބިއުލާންސް ބިޒީ ވުމުން ފުލުހުންގެ ވެހިކަލެއްގައި އަންހެން މީހާ ވަނީ 4:08 ގައި އައިޖީއެމްއެޗަށް ގެންގޮސްފައިވަ ކަމަށް ފުލުހުން ބުންޏެވެ. […]

ކޯވިޑް-19: ތަކަންދޫން 3 މީހުން ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ކޯވިޑް-19: ތަކަންދޫން 3 މީހުން ޕޮޒިޓިވްވެއްޖެ

ކޯވިޑް-19 އަށް ހއ. ތަކަންދޫން ތިން މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ރަށަށް އަންގައިފި އެވެ. ތަކަންދޫން ވާހަކަ ދެއްކި މީހަކު މި ނޫހަށް ބުނީ، އެ ރަށުން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ ހުސްވި އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ހއ. އިހަވަންދު ކާވިޔާ ބޯޓުން އެރަށް ދިޔަ މީހުންގެ ތެރެއިން ކުޑަކުއްޖަކާއި އެ ކުއްޖާގެ މަންމަ އާއި އިތުރު އަންހެނެއް ކަމަށެވެ. ކާވިޔާ ބޯޓުން ދަތުރުކުރި ހއ. […]

ކޯވިޑް-19: އެމްޕީއެލްގެ މުވައްޒަފަކު ޕޮޒިޓިވްވެއްޖެ
Raajje

ކޯވިޑް-19: އެމްޕީއެލްގެ މުވައްޒަފަކު ޕޮޒިޓިވްވެއްޖެ

އެމްޕީއެލްގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ. މިހާރު ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ ޕޮޒިޓިވްވި މުވައްޒަފު އެންމެ ފަހުން ވަޒީފާ އަށް ނުކުތީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. ކުންފުނީގެ ވަކި މުވައްޒަފުންތަކެއް ލޮކްޑައުންގައި ތިބެގެން މަސައްކަތްކުރަމުން އަންނަ އިރު، ޕޮޒިޓިވްވީ އޭގެ ތެރެއިން މުވައްޒަފެއް ނޫން ކަމަށްވެސް ޝާހިދު ވ...

72 ބަންގަލަދޭޝް މީހަކު ޕޮޒިޓިވްވެ، ރާއްޖޭގެ ޖުމްލަ 468 އަށް
Raajje

72 ބަންގަލަދޭޝް މީހަކު ޕޮޒިޓިވްވެ، ރާއްޖޭގެ ޖުމްލަ 468 އަށް

ބަންގްލަދޭޝް އަށް ނިސްބަތްވާ 72 މީހުން ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 468 އަށް އަރައިފިއެވެ. ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ތައްޔާރުކޮށްފައިވާ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުން މި ބައްޔަށް އެންމެ ފަހުން ޕޮޒިޓިވްވި އެންމެންނަކީ ވެސް ބަންގްލަދޭޝް އަށް ނިސްބަތްވާ ރާއްޖޭގައި މަސައްކަތް ކުރާ މީހުންނެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 468 އަށް އަރާފައިވާއިރު، މީގެތެރޭގައި ހިމެނެނީ […]

ނަފްސާނީ އުނދަގޫތައް ދިމާވާ މީހުންނަށް ދިއްދޫގައި ޚާއްޞަ ޑެސްކެއް ގާއިމުކޮށްފި
Thiladhunmathi News

ނަފްސާނީ އުނދަގޫތައް ދިމާވާ މީހުންނަށް ދިއްދޫގައި ޚާއްޞަ ޑެސްކެއް ގާއިމުކޮށްފި

ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ނަފްސާނީ އުނދަގޫތައް ދިމާވާ މީހުންނަށް އެހީތެރިވުމަށް ހއ. ދިއްދޫގައި ޚާއްޞަ ޑެސްކެއް ގާއިމުކޮށްފިއެވެ. ދިއްދޫ ކައުންސިލުން ބުނީ ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ބައެއް ފަރާތްތަކަށް ނަފްސާނީ ބައެއް އުނދަގޫތައް ދިމާވަމުން ދާކަމަށް ފާހަގަ ކުރެވޭތީ، އެފަދަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ހއ. އަތޮޅު އިމަޖެންސީ އޮޕަރޭޓިން ސެންޓަރގައި ސައިކޯ ސޯޝިއަލް ސަޕޯޓް ޑެސްކެއްވަނީ ޤާއިމް ކުރެވިފައި ވާކަމަށެވެ. މި ޑެސްކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 1...

ކޯވިޑް-19: ށ އަތޮޅުން 22 ސާމްޕަލް ނަގައިފި
Thiladhunmathi News

ކޯވިޑް-19: ށ އަތޮޅުން 22 ސާމްޕަލް ނަގައިފި

ކޯވިޑް-19 އަށް ޓެސްޓު ކުރުމަށްޓަކައި، ށ. އަތޮޅުން އިތުރު 22 ސާމްޕަލް ނަގައިފިއެވެ. ށ. އަތޮޅު ހޮސްޕިޓަލްގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ ކޯވިޑަށް ޓެސްޓް ކުރުމަށްޓަކައި، އެ އަތޮޅުން ނެގި 22 ސާމްޕަލާއި އެކު އެއަތޮޅު ފުނަދޫން ސީ އެމްބިއުލެންސް ފުރާފައިވާ ކަމަށެވެ. ށ. އަތޮޅު ހޮސްޕިޓަލުން ބުނެފައިވާ ގޮތުން އެ 22 ސާމްޕަލްގެ ތެރޭގައި ހިމެނެނީ ނަރުދޫން 13 މީހެއްގެ ސާމްޕަލާއި، މިލަންދޫ 8 މީހެއްގެ ސާމްޕަލާއި އަދި ކަނޑިތީމު މީހެއްގެ ސާމްޕަލެކެވެ. https://www.facebook.com/468880206535132/posts/2920241288065...

ކޯވިޑް-19: 95 މީހުން ފައްސިވެ، ޖުމްލަ 396 އަށް!
Raajje

ކޯވިޑް-19: 95 މީހުން ފައްސިވެ، ޖުމްލަ 396 އަށް!

ކޯވިޑް-19 އަށް އަލަށް 95 މީހަކު ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ. އެހެން ކަމުން ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 396 އަށް އަރާފައެވެ. މިއީ އެއް ދުވަހެއްގައި މިހާ ގިނަ އަދަދަކަށް ރާއްޖެ އިން އެ ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނައިން ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 73 މީހުންނެވެ. މިފަހަރު އަލަށް ޕޮޒިޓިވްވި 95 މީހުންނަކީ މުޅިންވެސް ބިދޭސީންނެވެ. އެޗްޕީއޭ […]

ސަރުކާރު ބަންދު މުއްދަަތު އިތުރުކޮށްފި
Raajje

ސަރުކާރު ބަންދު މުއްދަަތު އިތުރުކޮށްފި

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތު އިތުރު ކޮށްފިއެވެ. ރައީސް އޮފީހުން ބުނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރުއްވާފައިވާ އަމުރު ތަންފީޒު ކުރެއްވުމުގެ ގޮތުން، 2020 މޭ މަހުގެ 3 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 14 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި ކަމަށެވެ. ރައީސް އޮފީހުން ބުނެފައިވަނީ ކުރިއ...

4 އަހަރުގެ ކުޑަކުއްޖަކު ވަޅަކަށްވެއްޓި މަރުވެއްޖެ
Raajje

4 އަހަރުގެ ކުޑަކުއްޖަކު ވަޅަކަށްވެއްޓި މަރުވެއްޖެ

ގއ. ކަނޑުހުޅުދޫގައި އުމުރުން 4 ގެ ކުއްޖަކު ވަޅަކަށްވެއްޓި މަރުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މިއަދު ހިނގި މިހާދިސާގައި މަރުވެފައިވަނީ އުމުރުން ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖެއްކަމަށެވެ. ވަޅަށް ވެއްޓުނު ކުޑަކުއްޖާ އެރަށު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާކަން އެރަށު ހެލްތް ސެންޓަރާއި ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ. މިހާދިސާ ފުލުހުންނަށް ހުށައަޅާފައި ވަނީ މިއަދު 11:00 ހާއިރުގައި ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ތަޙްޤީގުކުރަމުން ދާކަމަށެވެ...

ކޯވިޑް-19: މިލަންދޫ 8  މީހެއްގެ ސާމްޕަލް ނަގައިިފި
Thiladhunmathi News

ކޯވިޑް-19: މިލަންދޫ 8 މީހެއްގެ ސާމްޕަލް ނަގައިިފި

ކޯވިޑް-19 އަށް ޕޮޒިޓިވްވި ށ. މިލަންދޫ މީހާއާއި ސީދާ ބައްދަލުވި 8 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ބުނެފިއެވެ. އެކަން ހާމަކޮށް މިލަންދޫ ސިއްހީ މަރުކަޒުގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ މިލަންދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ފަރާތާއި ޑައިރެކްޓް ކޮންޓެކްވި 8 ފަރާތުގެ ސާމްޕަލް ނެގިއްޖެ ކަމަށެވެ. އެ މަރުކަޒާއި މިލަންދޫ ރައްޔިތުންގެ ދުޢާއަކީ މާތްﷲ ހެޔޮރަހުމަތްފުޅުން ކޯވިޑް-19 އަށް އެ އެންމެންވެސް ނެގެޓިވުވުން ކަމަށް އެމަރުކަޒުން ވަނީ ބުނެފައެވެ. […]

ކޯވިޑް19: ރާއްޖެއިން ނިޔާވި މީހާ ވަޅުލައިފި
Raajje

ކޯވިޑް19: ރާއްޖެއިން ނިޔާވި މީހާ ވަޅުލައިފި

ރާއްޖެއިން ކޮވިޑް19 ޖެހިގެން ފުރަތަމަ ފަހަރަށް މަރުވި މީހާ ވަޅުލައިފިއެވެ. ކޮވިޑް19 ޖެހިގެން ރާއްޖެއިން ފުރަތަމަ މަރުވި މީހާއާ ގުޅިގެން އިތުރު މައުލޫމާތުތައް ފޯރު ކޮށްދިނުމުގެ ގޮތުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މަރުވި މީހާގެ އާއިލާއަށާއި ގާތް ތިމާގެ މީހުންނަށް ތައުޒިޔާ ދަންނަވާފައެވެ. މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް19 ޖެހިގެން މަރުވެފައި ވަނީ އައިމިނަތު އާދަމް ނ...

ކޯވިޑް-19: އައިސީޔޫގައި މިވަގުތު 5 މީހުން
Raajje

ކޯވިޑް-19: އައިސީޔޫގައި މިވަގުތު 5 މީހުން

ކޯވިޑް-19 ބަލީގެ ސަބަބުން މިވަގުތު އައިސީޔޫގައި ފަރުވާ ދެމުންދަނީ ފަސް ބަލިމީހުންނަށް ކަމަށް އެންއީއޯސީ އިން ބުނެފިއެވެ. މިހާރު ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ ހުސައިން ވިދާޅުވީ މިވަގު އައިސީޔޫގައި ފަރުވާ ދެވެމުންދަނީ ކޯވިޑް-19 ގެ ފަސް ބަލި މީހުންނަށް ކަމަށެވެ. އެ ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ދިވެހިންކަމަށާއި، ދެން އައިސީޔޫގައި ފަރުވާ ދެމުން ދަނީ ކޮން ޤައުމެއްގެ މީހެއްކަމަށް ޑރ. ހާމައެއް ނުކުރަށްވައެވެ. ޑރ. މ...

ރޭންޑަމް ސާމްޕަލް ޕޮޒިޓިވްވުމާއި އެކު އިތުރު ބިރުވެރިކަމެއް
Raajje

ރޭންޑަމް ސާމްޕަލް ޕޮޒިޓިވްވުމާއި އެކު އިތުރު ބިރުވެރިކަމެއް

ރޭންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިން އެއް ސާމްޕަލް ޕޮޒިޓިވްފެފައިވާކަމާއި ގދ.ތިނަދޫއިން މަރުވި ދެމީހަކާއި މާލެއިން މަރުވި މީހެއްގެ ސާމްޕަލް ނަގާ ކޯވިޑަށް ޓެސްޓްކުރަމުން އަންނަކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވިދާޅިވުމުން އިތުރު ބިރުވެރިކަމެއް އުފެދިއްޖެއެވެ. މީގެ އިތުރުން މި 3 މީހުންގެ ތެރެއިން އެކަކު ގެ ނަތީޖާލިބި ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ބަޔެއް ނޫސްތަކުން ދަނީ ރިޕޯޓް ކުރަމުން ނެވެ. ރާއްޖޭގެ ނޫހަކުން (ދުވަސް އެމްވީ) ބު...

ސަރުކާރު ކުންފުނިތަކުން ބޮޑު މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ކުޑަކުރަނީ
Raajje

ސަރުކާރު ކުންފުނިތަކުން ބޮޑު މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ކުޑަކުރަނީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޮޑު މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ. ކުންފުނިތަކަށް ފިނޭންސް މިނިސްޓްރީން ފޮނުވި ސާކިއުލާއެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ކުންފުނިތަކުގެ ކޭޝްފްލޯ އަށް އަަސަރުކުރާނެތީ ހަރަދުތައް ކުޑަކުރުމަށް މުސާރައިގެ އޮނިގަޑަށް ބަދަލުގެންނަންޖެހޭ ކަމަށާއި މުސާރައިގެ އޮނިގަނޑަށް ބަދަލުގެނައުމަށް ހަދަންޖެހޭ ދިރާސާތައް ހަދައި، އަންނަ މަހުގެ 5 ގެ ކުރިން އެ މިނިސްޓްރީ އަށް ފޮނުވަން ވަނީ އަންގައިފަ އެވެ. އެގޮތުން 15،000ރ. އަށްވުރ...