ރާއްޖޭއިން މިއަދު އިތުރު 19 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ، ބަލި ޖެހުމުން މީހުންގެ ޢަދަދު 785 އަށް އަރައިފިއެވެ. އަދި އިތުރު 9 މީހުން ބަލިން ރަނގަޅުވެ، މިހާތަނަށް ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު މިހާރު ވަނީ 29 އަށް އަރާފައިއެވެ.

ރާއްޖެއިން އިތުރު 19 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، މިހާތަނަށް ޖުމްލަ 29 މީހުން ރާއްޖެއިން މިބަލިން ވަނީ ރަނގަޅު ވެފައި ވާކަމަށް ހާމަ ކުރެއްވީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކު ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒެވެ.

Ad
rt

"މި ބައްޔަށް ފަރުވާ ކުރެވި ނަތީޖާ ލިބިފައިވާ މީހުންގެ އަދަދުވެސް މިވަނީ 29 އަށް އަރާފައި. އަދި މިވަގުތު ބައްޔަށް ބޭސްކުވެމުންދާ މީހުންގެ އަދަދަކީ 650." މަބްރޫކް ވިދާޅުވި އެވެ.

މިއަދު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި ޖުމްލަ ޢަދަދަކީ 41 މީހުން ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ. ބަލިން ރަނގަޅުވި 29 މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި 13 ބިދޭސީއެއް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވި 785 މީހުންގެ ތެރޭގައި ހިމެނެނީ 257 ދިވެހިންނާއި، 528 ބިދޭސީންނެވެ.

މިހާތަނަށް ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނައީ ރާއްޖެގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނެވެ. އިއްޔެ އެކަނިވެސް 98 މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.