ކޯވިޑް-19 އަށް ޓެސްޓު ކުރުމަށްޓަކައި، އޭޑީކޭ ހޮސްޕިޓަލްގައި އެ ބަށްޔަށް ޓެސްޓުކުރުމަށް ބޭނުންވާ ޕީސީއާރު ސިސްޓަމް ބަހައްޓާފައި ވާ ކަމަށް އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންއިން ބުނެފިއެވެ.

އޭޑީކޭ ހޮސްޕިޓަލް ހިންގާ މައި ކުންފުނި، އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ އޭޑީކޭ ހޮސްޕިޓަލުގައި ޕީސީއާރު ސިސްޓަމް ބަހައްޓާފައިވާ ކަމަށެވެ.

Ad
rt

އޭރުން ސަރުކާރުން ބޭނުންވާ ގޮތަށް، ދުވާލަކު އެތައް ސަތޭކަ ބަޔަކު ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ގާބިލްކަން އިތުރުވެގެންދާނެ ކަމަށްވެސް އެ ޓުވީޓުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ބޭނުންވާ ޕީސީއާރު ސިސްޓަމް ބަހައްޓައި އެކަމަށް މީހުން ތަމްރީނުތައް ކުރަމުން އަންނަ ކަމަށެވެ.

ކުރިއަށް އޮތް ދެ ހަފުތާގައި މާލޭގައި ކޮވިޑްގެ ހާލަތު ގޯސް ވާނެ ކަމަށް ލަފާ ކޮށްފައިވާއިރު މި ވަގުތު ރާއްޖޭގައި ޓެސްޓް ކުރެވޭ ހުރީ ދެ މެޝިނެވެ. އެއީ އައިޖީއެމްއެޗްގައި ހުރި މެޝިނަކާއި ފުލުހުންގެ ލެބްގައި ހުރި މެޝިނެކެވެ.

މިހާރު ރާއްޖޭގައި ދުވާލެއްގެ މައްޗަށް 400 އެއްހާ ޓެސްޓު ހެދޭއިރު ސަރުކާރުން އަމާޒު ހިފާފައިވަނީ އެ އަދަދު 1،000 އަށް އިތުރުކުރުމަށެވެ. އެގޮތުން ކޯވިޑް-19 އަށް ޓެސްޓުކުރަން އޮޓޮމޭޓެޑް މެޝިންތަކެއް ގެންނަން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި ކޯވިޑަށް ޓެސްޓު ކުރެވޭ މިންވަރު އިތުރު ކުރަންޖެހޭ ކަމަށް އެ މަސައްކަތުގައި އުޅުއްވާ ފަންނީ ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ.