އއ. ވެލިދޫ ކަރަންޓީން ފެސިލިޓީގައި މަސައްކަތް ކުރާ ދެ މީހަކާއި މެދު ޝަކުވާއެއް ހުށަހެޅި އެމައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މިއަދު ހެނދުނު ބުނީ ވެލިދޫ ކަރަންޓީން ފެސިލިޓީގައި ޖިނާއީ ކުށެއް، ޖިންސީ ފުރައްސާރައިގެ ކަމެއް ހިނގައިގެން އެ މައްސަލަ ބަލައިދިނުމަށް އެދި ބަޔަކު ހުށަހަޅާފައިވާ ނުވާ ކަމަށެވެ. އެފަދަ ކަމެއް ތަހުގީގު ކުރަމުން ވެސް ނުދާ ކަމަށް ބުންޏެވެ.

Ad
rt

ވެލިދޫ ފެސިލިޓީއާ ހަވާލުވެ ހުންނެވި ސިފައިންގެ އެންމެ އިސް ކޮމާންޑަރާއި، އެ ފެސިލިޓީގެ އަންހެން ޑޮކްޓަރަކު ދަންވަރު އެކަހެރިކޮށް ބައްދަލުކުރި މައްސަލައެއް ފެންމަތިވެ، ފުލުހުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ރޭ ވަނީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައެވެ.

ހަބަރުުތައް ބުނެފައި ވަނީ އެ މައްސަލަ ފެންމަތިވީ، ކޮމާންޑަރުގެ ކޮޓަރިން، އަންހެން ޑޮކްޓަރު ނުކުންނަނިކޮށް، އެ ފެސިލިޓީގެ ސެކިއުރިޓީއަށް ފެނިގެން ކަމަށެވެ. އަދި މިހާރު ފުލުހުން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް ހާއްސަ ކޮށްފައިވާ ކަރަންޓީން ފެސިލިޓީތައް ހިންގަނީ ސިފައިންގެ ބެލުމުގެ ދަށުންނެވެ. އެ ތަންތަނުގެ ސެކިއުރިޓީ ފުލުހުން ބަލަހައްޓާއިރު ކޮންމެ ތަނެއްގައި ވެސް ނަރުހުންނާއި ޑޮކްޓަރުން ތިބެ އެވެ.

ވެލިދޫ ކަރަންޓީން ފެސިލިޓީގައި މަސައްކަތް ކުރާ ދެ މީހަކާއި މެދު ޝަކުވާއެއް ހުށަހެޅި އެމައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ފުލުހުން ބުނި ނަމަވެސް އެ މަސައްލައަކީ ރޭގައި މީޑިއާތަކުގައި ރިޕޯޓުކުރި މައްސަލަކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.