ރާއްޖެއިން އިތުރު 51 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ހުންނަ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުން ފެށިގެން މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ފެށުމާއި ހަމައަށް 51 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މި 51 މީހުންގެ ތެރޭގައި ހިމެނީ 12 ދިވެހިންނާއި، 11 ބަންގްލާދޭޝް މީހުންނާއި، 26 އިންޑިއާ މީހުންނާއި، ސްރީލަންކާ މީހެއްގެ އިތުރުން ނޭޕާލް މީހެކެވެ.
އެ މީހުންނާއެކު މިހާރު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 955 އަށް އަރާފައެވެ.
މިނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ. އަފްޒަލް ވަނީ މިއަދު އަލަށް ކޯވިޑުން 8 މީހުން ރަނގަޅުވެފައި ވާކަމަށް ވިދާޅުވެފައެވެ.
އެހެން ކަމުން މި ބަލިން ރާއްޖެއިން ރަނގަޅުވީ މީހުންގެ ޢަދަދު ވަނީ ޖުމްލަ 40 އަރައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!