ށ. އަތޮޅު ކައުންސިލުން "ކޮވިޑް-19 ވިޔަވަތި އިމަރޖެންސީ ފަންޑު" އުފައްދައިފި
ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަން ށ.އަތޮޅުގެ ބައެއް ރަށްރަށުގައި ފެތުރެން ފެށުމާ ގުޅިގެން މި ވަބާއިން ރައްކާތެރިވުމަށް ރަށްރަށުގައި ޤާއިމުކުރެވިފައިވާ އެމަޖެންސީ އޮޕަރޭޓިންގ ސެންޓަރުތަކާއި، ސޯޝަލް ސަޕޯޓް ޑެސްކުތަކުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެ، ބާރުވެރިކުރުމުގެ ގޮތުން ށ. އަތޮޅުކައުންސިލުން ކޮވިޑް 19 ވިޔަވަތި އިމަރޖެންސީ ފަންޑެއް އުފެއްދުމަށް ނިންމައިފިއެވެ. 2020 މެއި 2ވަނަ ދުވަހުގެ މެންދުރުފަހު 1:00ގައި ކޮންފަރެންސްކޮށް ބޭއްވުނު އެ ކައުންސިލްގެ ތިންވ...