ހއ. ދިއްދޫ އާއި ހއ. އުތީމު ފުރަބަންދުކޮށް އިތުރު ފިޔަވަޅުތަކެއް އަޅައިފި އެވެ.
އެންއައިއޯސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލު ވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ އަލަށް ޕޮޒިޓިވްވީ މީހުނާ ކޮންޓެކްޓްވެފައިވާ މީހުން ތިބި ތަންތަނާއި، އެމީހުންނާ ކޮންޓެކްޓްވެފައިވާ ބައެއް މީހުން ތިބި ރަށްތައް ވެސް ކަރަންޓީން ކޮށްފައިވާ ކަމަށެވެ.
އެގޮތުން މިރޭ ނ. އަތޮޅުގެ ހަތަރު ރަށަކާއި ހއ. ގެ ދެ ރަށެއް ކަރަންޓީން ކޮށްފައިވާ ކަމަށް މަބުރޫކް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮވިޑަށް ޕޮޒިޓިވްވި ކޮން ކޭސްތަކަކާ ގުޅިގެން ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
އެންމެ ފަހުން ކަރަންޓީން ކުރި ރަށްތައް
- ހއ. އުތީމު
- ހއ. ދިއްދޫ
- ނ. މާފަރު
- ނ. މިލަދޫ
- ނ. ކެނދިކުޅުދޫ
- ނ. ހެނބަދޫ
މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާކަން އެ ރަށްތަކުގެ ކައުންސިލްތަކަށް އެންގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން 141 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެވައެވެ. އެއީ 69 ދިވެހިންނާ 72 ބިދޭސީންނެވެ. މާލެ ސިޓީ ވަނީ 14 ދުވަހުގެ ލޮކްޑައުން އެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!