ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުތެމުންދާ ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 4 މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 141 އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވަނީ، އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި، އިންޑިއާގެ ދެ ރައްޔިތުންނާއި އަދި ސްރީލަންކާގެ ރައްޔިތެއް ކަމަށެވެ.

Ad
rt

މިއަދު އިތުރު 8 މީހަކުވެސް ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ. އެއީ މުޅިންވެސް ދިވެހިންނެވެ. އެހެން ކަމުން މިއަދު ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 12 އަށް އަރާފައެވެ.

މިއަދު ޕޮޒިޓިވްވީ ދިވެހިންގެ އުމުރާ ގުޅޭގޮތުން އެޗްޕީއޭއިން އަދި މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

އެންއީއޯސީންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ރޭ ވިދާޅުވީ ހުކުރު ދުވަހު ޕޮޒިޓިވްވީ މީހުންގެ ކޮންޓެކްޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހުކުރު ދުވަހު ފެނުނު ކޭސްތަކުގެ ތެރެއިން އާ ކްލަސްޓާއެއްވެސް ފާހަގަ ކުރެވިފައިވާ ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ. ދެން ފެނުނު ކޭސްތަކަކީ ކުރީގެ ކޭސްތަކާ ގުޅުންހުރި ކޭސްތަކެއް ކަމަށް ވިދާޅުވިއެެވެ.