މިރޭ އިރާކޮޅު ހއ. އިހަވަންދޫ ކުނިކޮށީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިކަމަށް އިހަވަންދޫ ކައުންސިލުން ބުނެފިއެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ބުނީ ކުނި ކޮށީގައި ރޯވި އަލިފާންގަނޑުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށާއި އެރަށުގައި ހަރަކަތްތެރިވާ ފުލުހުންނާއި ޒުވާނުން ގުޅިގެން މިހާރު ނިއްވާލެވިފައިވާކަމަށެވެ.

ރަޝީދު އިތުރަށް ބުނީި މިއީ ބަޔަކު ގަސްދުގައި ކޮށްފައިވާކަމެއް ނޫންކަމަށް ބެލެވޭކަމަށެވެ. މިކަމާއިގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭކަންކަން ބަލަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

އިހަވަންދޫ ކައުންސިލުންވަނީ މިކަމުގައި ހަރަކާތްތެރިވި ޒުވާނުންނާއި ފުލުހުންނަށް ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!