އެސްޓީއޯ ފާމަސީން ބޭސް ޑެލިވަރީ ކުރަން ބޭނުންވާ މީހުންނަށް ހާއްސަ ޕޯޓަލެއް މިއަދު ތައާރަފުކޮށްފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ކޮންމެހެން ބޭނުންވާ ބޭސް ފޯރުކޮށްދިނުމަށް އެސްޓީއޯ އިން ކުރިން ވަނީ ވައިބާ މެދުވެރިކޮށް ބޭސް ސިޓީ ފޮނުވައިދިނުމުން ޑެލިވަރީކޮށްދިނުމުގެ ޚިދުމަތް ދެމުންނެވެ. ނަމަވެސް ޕޯޓަލް ތައާރަފުކުރުމާ އެކު ބޭސް ސިޓީ ފޮނުވަން ޖެހޭނީ sto.mv/Online/Prescriptions މި ޕޯޓަލް މެދުވެރިކޮށެވެ.
ވައިބާ ބޭނުން ކޮށްގެން ބޭސް ޑެލިވާ ކުރަން ފެށީ ވަގުތީ ގޮތުން އެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށާއި މި ޕޯޓަލާ އެކު ބޭސް ސިޓީ ބަލައިގަނެ އެއަށް ބޭސް ފޯރުކޮށްދޭން ފަސޭހަ ވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
We have changed online prescription service fully to our online portal. https://t.co/RuHyqXfpvV
Both viber numbers will no longer be in service from tonight 00:00 hrs. Please use only the above link for submission.— STO Medical Services (@StoMedical) April 24, 2020
އެސްޓީއޯ ފާމަސީން ބޭހަށް އެދި ހުށަހަޅާއިރު ބޭސް ސިޓީއަކީ ތިން މަސް ހަމަނުވާ ބޭސް ސިޓީއަކަށް ވާން ޖެހޭނެ އެވެ. އަދި ބޭސް ޑެލިވާ ކޮށްދިނުމުން ބޭސް ސިޓީގެ އަސްލާއި އައިޑީ ކާޑުގެ ކޮޕީއެއް ދޭން ޖެހޭނެ އެވެ. ބޭސް ސިޓީ ފޮނުވާތާ ހަފުތާއެއްގެ ތެރޭގައި ބޭސް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
Our staff diligently working on completing the prescription refill orders we have received. #TeamSTO @StoMedical pic.twitter.com/Z5l2ecHPRX
— STO (@stoplc) April 25, 2020
ބޭސް ސިޓީއާ ޑެލިވަރިއާ ގުޅޭ އިތުރު މައުލޫމާތު ވެސް އެސްޓީއޯގެ ޕޯޓަލުން ލިބެން ހުންނާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!