ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ މޮނިޓަރިންގ ހާލަތަށް ގެނެސްފައިވާތީ ތަކަންދޫގައި ކުއްލި ހާލަތު އިޢުލާންކޮށް މިހާލަތުގައި ރައްޔިތުން ޢަމަލުކުރަންވީގޮތް އެރަށު ކައުންސިލްގެ އިދާރާއިން އަންގައިފިއެވެ.

އެކައުންސިލުން ނެރުނު އާންމު އިޢުލާނެއްގައި ބުނެފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ އިޚްތިޔާރުތަކުގެ ތެރެއިން، އެރަށަށް ދަތުރުކޮށްފައިވާ އުޅަނދެއްގައި ހުރި މީހެއްގެ ކިބައިން ކޮވިޑް 19 އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ފެނުމާއި ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ތަކަންދޫ މޮނިޓަރިންގ ހާލަތައް ގެނެވިފައިވުމާއެކު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒި އުސޫލުން ހިންގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މޮނީޓަރިންގ ހާލަތުގައި އަމަލް ކުރާނީ ތިރީގައި މިދަންނަވާ ގޮތައްކަމަށެވެ. އެގޮތުން އެކައުންސިލްގެ އިޢުލާނުގައި ވަނީ 9 ކަމެއް ފާހަގަކޮށްފައެވެ.

Ad
rt
  • ގެއިން ބޭރަށް ނިކުމެ އުޅުން އެއްކޮށް މަނާކުރުން.
  • ރަށަށް އަރާ ފޭބުން އެއްކޮށް މަނާކުރުން.
  • ކޮންމެ ގޭބިސީއެއްގައި ބައްޔަށް ޝައްކު ކުރެވޭ މީހުން ގައިދުރުކޮށް ދިރިއުޅެވޭނެ އިންތިޒާމް ހަމަޖެއްސުން.
  • ކަރަންޓީންކުރެވޭ ފަރާތްތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ޟަރޫރީ ބޭނުންތައް ފުއްދޭނެ އިންތިޒާމް ކަރަންޓީން ކުރެވޭ ފަރާތުން ނުވަތަ އެފަރާތުގެ އާއިލާއިން ހަމަޖެއްސުމަށް ދަތިވެއްޖެނަމަ ކޮވިޑް 19 ޓާސްކް ފޯސްގެ ފަރާތުން އެ ތަކެތި އެފަރާތްތަކަށް ފޯރުކޮށްދެވޭނެ.
  • މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުން.
  • ކަރަންޓީން ކުރެވޭ ފަރާތްތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ޟަރޫރީ ބޭނުން ތަކަށް ބޭނުންވާ ތަކެތި ފިހާރަތަކުން ޑެލިވަރީ ކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސަވައި ދެވޭނެ.
  • ޑޮކްޓަރަށް ދެއްކުމަށް ދުރުވާ ފަރާތްތަކުން މަރުކަޒުގެ ފާމަސީއާއި ދިމާލުގެ އުތުރު ފަރާތު ދޮރު ބޭނުން ކުރުން.
  • ކޮވިޑް 19 ތަކަންދޫ ޓާސްކް ފޯހުގެ ފަރާތުން އަޅުއްވާފައިވާ އެންމެހާ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމައި، ކޮވިޑް 19 އިން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުން.
  • ކޮވިޑް 19 ތަކަންދޫ ޓާސްކްފޯސްގެ ހޮޓްލައިން ނަންބަރ: 9925489

މިރަށް މޮނިޓރިންގ ހާލަތަށް ގެނެވިފައި މިވަނީ ގިނަ ބަޔަކު އެ އުޅަނދުން މިރަށަށް ދަތުރު ކޮއްފާވާތީއެވެ. އަދި މީގެ އިތުރުން މިރަށުގައި ދިރިއުޅޭ އާބާދީ ގެ ގިނަ ބަޔަކީ މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު(ދޮށީ އުމުރު ފުރައިގެ މީހުންނާއި ދިގު މުއްދަތަށް ބޭސް ބޭނުން ކުރާ) ބަޔަކު ދިރިއުޅޭ ރަށެއްކަމަށް ފާހަގަ ވެފައިވާތީ އެވެ.

ކައުންސިލްގެ އިޢުލާނުގައި ބުނެފައިވެއެވެ.

ކޮވިޑް 19 އާއި ގުޅިގެން، ކުރުމަށް ދެންނެވިފައިވާ ކަންކަމަށް ރައްޔިތު އެންމެހާ ބޭފުޅުން ފުރިހަމައަށް ޢަމަލުކުރުމަށް އެކައުންސިލުން ދަންނަވާފައިވެއެވެ.