ރާއްޖެއިން އިތުރު 23 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މީގެ ތެރޭގަިއ ހިމެނެނީ 17 ދިވެހިންނާއި ބަންގްލަދޭޝްގެ 4 މީހަކާއި އިންޑިއާގެ މީހަކާއި ނޭޕާލްގެ މީހެކެވެ. މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 514އަށް އިތުރުވެފައެވެ.

ރާއްޖެއިން މިހާތަނަށް 514 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 17 މީހެއް ބަލިން ރަނގަޅިވެފައި ވާއިރު، އެކަކު ވަނީ ނިޔާވެފައެވެ. މިހާރު ރާއްޖޭގައި ފަރުވާދެމުން ދަނީ 494 މީހަކަށްށެވެ. އޭގެތެރެއިން 6 މީހަކަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެނދުމަތި ކުރެވިގެންނެވެ.

Ad
rt

ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ސަރުކާރުން މިހާރު ވަނީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް އިތުރުކުރަން ނިންމާފައެވެ. އަދި ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ދަންމާލަން ވެސް ވަނީ ނިންމާފައެވެ.

މާލެ ސަރަހައްދުގެ އިތުރުން ކ. ތުލުސްދޫ، ހއ. އުލިގަމް، ށ. ނަރުދޫ، ށ. މިލަންދޫ އަދި ހއ.ތަކަންދޫ އިން ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުން ފެނިފައެވެ.