Skip to main content

އިބްރާހިމް އަސްވާޤް

Admin
🌐 Network-Wide Bureau
2,122 Stories
1,500 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް އަސްވާޤް

ރިސޯޓްތަކުގެ އިސްމަގާމުތަކަށް ދިވެހިން ތަމްރީނުކުރުމަށް މަޝްވަރާ ކޮށްފި
Raajje

ރިސޯޓްތަކުގެ އިސްމަގާމުތަކަށް ދިވެހިން ތަމްރީނުކުރުމަށް މަޝްވަރާ ކޮށްފި

ރިސޯޓްތަކުގެ އިސް މަގާމުތަތަކަށް ދިވެހިން ތަމްރީނުކުރުމަށް މަޝްވަރާ ކޮށްފި އެވެ. މިމަޝްވަރާތަށް ކޮށްފައިވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިންނެވެ. މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއާއި ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމުގެ އިތުރުން އެދެ މިނިސްޓްރީގެ އިސް ފަރާތްތެކެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި މަޝްވަރާގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވަނީ ޓޫރިޒަ...

އުބައިދުﷲ ހަސަނާ ފެނިއްޖެ، ހުރީ މަސްދޯންޏެއްގައި
Raajje

އުބައިދުﷲ ހަސަނާ ފެނިއްޖެ، ހުރީ މަސްދޯންޏެއްގައި

އައްޑޫ ސިޓީގެ ހިތަދޫން ގެއްލިގެން ހޯދަމުންދިޔަ އުބައިދުﷲ ހަސަން (28އ) ފެނިއްޖެ އެވެ. ފުލުހުން ވިދާޅުވީ އައްޑޫސިޓީ ހިތަދޫން ގެއްލިގެން ހޯދަމުންދިޔަ އުބައިދުﷲ ހަސަނާ އާއި ގުޅިގަފައިވަނީ މަސްދޯންޏެއްގައި ހުއްޓައި ކަމަށެވެ. ފުލުހުން ވިދާޅުވީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އޭނާ ހޯދުމަށް ކުރި މަސައްކަތުގައި އެހީވެދިން އެންމެ ހާފަރާތްތަކަށް ފުލުހުން ޝުކުރު އަދާކޮށްފައިވެއެވެ. އޭނާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ 2022 ސެޕްޓެމްބަރ 29 ވަނަ ދުވަހުގެ 08:00 އެހައިކަންހާއިރު ކަމަށާއި އެންމެ ފަހުން ފެނުނުއިރު ލައ...

ހިތަދޫންވެސް ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި، އެންމެ ފަހުން ފެނުނީ މިދިޔަމަހު 27 ގައި
Raajje

ހިތަދޫންވެސް ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި، އެންމެ ފަހުން ފެނުނީ މިދިޔަމަހު 27 ގައި

އައްޑޫ ސިޓީގެ ހިތަދޫންވެސް ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. ފުލުހުން ވިދާޅުވީ އައްޑޫސިޓީ ހިތަދޫން ގެއްލިގެން ހޯދަމުންދަނީ އުބައިދުﷲ ހަސަން (28އ) ކަމަށެވެ. އޭނާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ 2022 ސެޕްޓެމްބަރ 29 ވަނަ ދުވަހުގެ 08:00 އެހައިކަންހާއިރު ކަމަށާއި އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ސޯޓަކާއި ޓީޝާޓެއްކަމަށް ފުލުހުން ވިދާޅުވި އެވެ. “އެންމެ ފަހުން ފެނިފައިވަނީ 2022 ސެޕްޓެމްބަރ 27 ވަނަ ދުވަހުގެ 08:00 އެހައިކަންހާއިރު ހިތަދޫ ގުރައިޝާމަންޒިލް ގެ ކައިރިން” ފުލުހުން ކުރި […]

ބ. އަތޮޅުގައި "އަލުން ބަލުން" ރީސޭލް މާކެޓް ފަށައިފި
Raajje

ބ. އަތޮޅުގައި "އަލުން ބަލުން" ރީސޭލް މާކެޓް ފަށައިފި

ހަތް ނަމޫނާ ރަށާއި ސޮނެވާ ނަމޫނާއާއި ގުޅިގެން ބ. އަތޮޅުގައި “އަލުން ބަލުން” ރީސޭލް މާކެޓް ފަށައިފިއެވެ. ބ. އަތޮޅުގެ ހަތް ‘ނަމޫނާ’ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން އިސްނަގައިގެން، އެ ރަށްރަށުގެ ކައުންސިލްތަކާއި ސޮނެވާ ނަމޫނާ ޖަމިއްޔާ އާއި ގުޅިގެން “އަލުން ބަލުން” ރީސޭލް މާކެޓެއް ފަށައިފިއެވެ. މި މާކެޓް ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މި މާކެޓްގެ ތެރެއިން މާޅޮސް، ދަރަވަންދޫ، ކިހާދޫ، ދޮންފަނު، ކުޑަރިކިލު، ކަމަދޫ އަދި ކެންދޫ ރައްޔިތުންނަށް ކުރިން ބޭނުންކުރެވިފައިވާ […]

ބަންޑުން ޖަހާލި ބޯޓުގައި ތިބި ފަޅުވެރިން މާލެ ގެނެސްފި
Raajje

ބަންޑުން ޖަހާލި ބޯޓުގައި ތިބި ފަޅުވެރިން މާލެ ގެނެސްފި

އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެ، ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން ބަންޑުން ޖަހާލި ބޯޓުން ކަނޑުވި ހަ ފަޅުވެރިން ރޭ މާލެ ގެނެސްފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ބުނެފި އެވެ. މިބޯޓު އިންޑިއާގެ ޓުޓްކޮރިން އިން ފުރާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އެބޯޓުން ޖުމްލަ 7 މީހުން ދަތުރުކުރި އެވެ. އޭގެ ތެރެއިން އެކަކު ގެއްލިގެން ހޯދުމުގެ މަސައްކަތްކުރަމުން ދަނިކޮށް، އެމްއެންޑީއެފް […]

ހުޅަނގު މޫސުމުގެ ބާރު ގަދަވެއްޖެ، ކުރިއަށްއޮތް 5 ދުވަހު ވައިގަދަވުމާއެކު ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ
Thiladhunmathi News

ހުޅަނގު މޫސުމުގެ ބާރު ގަދަވެއްޖެ، ކުރިއަށްއޮތް 5 ދުވަހު ވައިގަދަވުމާއެކު ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ

ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށްއޮތް 5 ދުވަހު ވައިގަދަވުމާއެކު ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ. މެޓް އޮފީހުން މިރޭ ބުނީ، ކުރިއަށް އޮތް ފަސް ދުވަހު، ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގައި ވައިގަދަވުމާއެކު ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ ހއ އަތޮޅުން ފެށިގެން އދ އަތޮޅާ ދެމެދުގެ ރަށްތަކަށް […]

ހަނިމާދޫ އެއަރޕޯޓް ޖެޓީގައި އަޅާފައި އޮތް ލޯންޗެއް ދިޔަވެ އަޑިއަށް ގޮސްފި
Raajje

ހަނިމާދޫ އެއަރޕޯޓް ޖެޓީގައި އަޅާފައި އޮތް ލޯންޗެއް ދިޔަވެ އަޑިއަށް ގޮސްފި

ހދ. ހަނިމާދޫ އެއަރޕޯޓް ޖެޓީގައި އަޅާފައި އޮތް ލޯންޗެއް ދިޔަވެ އަޑިއަށް ގޮސްފި އެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ބުނީ މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ހަނިމާދޫ ޕޯސްޓަށް ލިބުނީ މިއަދު 12:41 ހާއިރުކަމަށެވެ. އަޑިއަށް ގޮސްފައިވަނީ ލީން އެކްސްޕްރެސް ނަމަކަށް ކިޔާ ލޯންޗެކެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހަނިމާދޫ ޕޯސްޓްގެ ސިފައިންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން މިހާރު މި ލޯންޗު ވަނީ އެ ސަރަހައްދުން […]

50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން އދ އަތޮޅު ޔެލޯ އެލާޓް
Thiladhunmathi News

50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން އދ އަތޮޅު ޔެލޯ އެލާޓް

މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 14:15 އިން ފެށިގެން 18:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 […]

މާފުށި ޖަލުގައި ޑިއުޓީގައި ހުރި ޒުވާނަކު ކުއްލިގޮތަކަށް ނިޔާވެއްޖެ
Raajje

މާފުށި ޖަލުގައި ޑިއުޓީގައި ހުރި ޒުވާނަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

ކ. މާފުށި ޖަލުގައި ޑިއުޓީގައި ހުރި 32 އަހަރުގެ ޒުވާނަކު ކުއްލިގޮތަކަށް ނިޔާވެއްޖެ އެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު މިރޭ ވިދާޅުވީ، މާފުށީ ޖަލުގައި މިރޭ ޑިޔުޓީ ކުރަމުން ދިޔަ ޕްރިޒަން ޕްރައިވެޓް އާދަމް ނިއުޝާދަށް ކުއްލިއަކަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން މާފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާކަމަށެވެ. ނައުޝާދަކީ މާފުށްޓަށް ނިސްބަތްވާ ޒުވާނެކެވެ. ނައުޝާދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ ހުކުރު ނަމާދަށްފަހު އެރަށު ކަތީބު ޙުސައިންމަކިނު މިސްކ...

ކާމިޔާބުކަމާއިއެކު ނާސާގެ ޖައްވީ އުޅަނދު ގިނިހިލައިގައި ޖައްސައިފި
International

ކާމިޔާބުކަމާއިއެކު ނާސާގެ ޖައްވީ އުޅަނދު ގިނިހިލައިގައި ޖައްސައިފި

އެސްޓެރޮއިޑް ނުވަތަ ޖައްވުގައި ދަތުރުކުރަމުންދާ އެކިވަރުގެ ގިނި ހިލަތަކުގެ ސަބަބުން ދުނިޔެއަށް އޮތް ނުރައްކަލުން ސަލާމަތް ކުރުމަށް ކުރެވުނު އެންމެ ފުރަތަމަ ތަޙްލީލުގެ ތެރެއިން ނާސާގެ ޖައްވީ އުޅަނދު، ކާމިޔާބުކަމާއިއެކު ގިނިހިލައެއްގައި ޖައްސައިފި އެވެ. މިއުޅަނދު އެ ގިނިހިލައިގައި ޖައްސާފައިވަނީ 04:19 ހާއިރުއެވެ. މި މަންޒަރު ނާސާއިން ދިޔައީ މުޅިދުނިޔެއަށް ލައިވް ކުރަމުންނެވެ. އެތައް މިލިޔަން ބަޔަކު މިމަންޒަރު ވަގުތުން ބަލާފައިވެއެވެ. ގިނިހިލައިގައި މި އުޅަނދު ޖެހުުގެ ކުރިން ގިނިހިލައިގެ ވަރަށް ސާފ...

ކުރިނބީ ޤުރުއާން ޓީޗަރަށް ހާޓް އެޓޭކެއްޖެހި އިތުރު ފަރުވާއަށް މާލެ ގެނެސްފި
Raajje

ކުރިނބީ ޤުރުއާން ޓީޗަރަށް ހާޓް އެޓޭކެއްޖެހި އިތުރު ފަރުވާއަށް މާލެ ގެނެސްފި

ކުރިނބީ ސްކޫލްގެ ޤުރުއާން ޓީޗަރ މުހައްމަދު ރަފީޤް (ގާރީ ސަރ) އަށް، ހާޓް އެޓޭކެއްޖެހި އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި ފިރިހެނަކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި މިއަދު މާލެ ގެނެސްދީފައިވާކަމަށެވެ. އުމުރުން 52 އަހަރުގެ މުހައްމަދު ރަފީޤް، މާލެ ގެނެސްދީފައިވަނީ ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އޭނ...

ޒަމާނީ މަންޒިލްގޭގައި ރޯވީ، އިލެކްޓްރިކް ކޭބަލްތަކަކާއި ސަރކެޓް ބޯޑެއްގައި
Raajje

ޒަމާނީ މަންޒިލްގޭގައި ރޯވީ، އިލެކްޓްރިކް ކޭބަލްތަކަކާއި ސަރކެޓް ބޯޑެއްގައި

ގ.ޒަމާނީ މަންޒިލްގޭގައި އަލިފާނުގެ ހާދިސާއެއް ހިނގީ، އިލެކްޓްރިކް ކޭބަލްތަކަކާއި އެ ކޭބަލްތައް ގުޅާފައިހުރި އިލެކްޓްރިކް ސަރކެޓް ބޯޑެއްގައި ރޯވެގެން ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑިއެފް) އިން ބުނެފި އެވެ. އެމްއެންޑީއެފްއިން ބުނީ، ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަލިފާންގަނޑު މިހާރު ނިއްވާލާފައިވާކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޒަމާނީ މަންޒިލްގޭ 3 ވަނަ ފަންގިފިލާ ގަ އެވެ. އަލިފާން ރޯވީ އެއިމާރާތުގެ 4 ވަނަ ފަންގިފިލާއިން 3 ވަނަ ފަންގިފިލާއަށް ގުޅާފައިހުރި އިލެކްޓްރ...

އެލެވެންސް ބޮޑުކުރުމާއި ދެކޮޅު ހަދާތީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަންބޮޑުވުން!
Raajje

އެލެވެންސް ބޮޑުކުރުމާއި ދެކޮޅު ހަދާތީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަންބޮޑުވުން!

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ މާލި ޢިނާޔަތް އިތުރަށް ބޮޑުކުރުމާއި ދެކޮޅަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކާފައިވާތީ، ބްލައިންޑް އެންޑް ވިސުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެޖަމިއްޔާއިން މިކަމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިހާރު ނުކުޅެދޭ ފަރާތްތަކަށް ގާނޫނުގެ ދަށުން ދެމުން އަންނަ 2،000 ރުފިޔާގެ އެލެވެންސަކީ ހިދުމަތްތަކާއި ތަކެތީގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު އެކަށީ...

މަކުނުދޫގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމާލައިފި
Thiladhunmathi News

މަކުނުދޫގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމާލައިފި

ހދ. މަކުނުދޫގައި ކުރިއަށް ގެންދިޔަ 87 ވަނަ ފުރާވަރު ކޭމްޕު ނިންމައި، ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދާ އަމާންވެށި ޕްރޮގްރާމުގެ ދަށުން ކުރިއަށް ދިޔަ މި ޕްރޮގުރާމްގައި މަކުނުދޫ ސްކޫލްގެ 103 ދަރިވަރުންނާއި ށ. ގޮއިދޫ ސްކޫލުގެ 23 ދަރިވަރުން ބައިވެރިވެފައި ވެއެވެ. މި މަހު 8 އިން 10 އަށް މަކުނުދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ކޭމްޕުގައި، ދިރިއުޅުމުގެ ރިވެތި އަދަބުތައް […]

އައި ރުޅީގައި ހުރިހާ އެއްޗެއް އުކާލީ ހިޔާ ފުލެޓުގެ މަތިން މަގުމައްޗަށް
Raajje

އައި ރުޅީގައި ހުރިހާ އެއްޗެއް އުކާލީ ހިޔާ ފުލެޓުގެ މަތިން މަގުމައްޗަށް

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓްގެ 4 ވަނަ ޓަވަރުގެ 17 ވަނަ ފަންގިފިލާގައި ހުރި މީހަކު މަގުމައްޗަށް އެއްޗެހި ތަކެއް އުކާލުމުން މަގުމަތީގައި ޕާކުކޮށްފައި ހުރި ވެހިކަލް ތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. ފުލުހުން ބުނީ ހިޔާ ފުލެޓްގެ 4 ވަނަ ޓަވަރު ކައިރީގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަށް ގެއްލުން ލިބިފައިވާ ކަމުގެ ރިޕޯޓް މިއަދު މެންދުރު 12:53 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަކަމަށްވެސް ފުލުހުން […]